މިނިސްޓަރު ޝަހީމް-
ހަބަރު
06 Sep 2026 | 15:35
އަދާލަތު ޕާޓީ ދޫކުރައްވައި މިނިސްޓަރު ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުން ދައްކާ ގޮތުގައި ޑރ. ޝަހީމް ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެވަޑައިގެންފައިވަނީ އިއްޔެއެވެ. އޭގެ ކުރިން، 1 މެއި 2025 އިން ފެށިގެން އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގެ ދަފްތަރުގައެވެ.

އަދާލަތު ޕާޓީއަށް އަލުން ގުޅިވަޑައިގަތުމަށްފަހު، އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން ޑރ. ޝަހީމް ކުރިން ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. އެގޮތުން 30 އޭޕްރީލް 2025 ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީގެ އިސް މުއައްސިސެއްގެ ހައިސިއްޔަތުން އެ ޕާޓީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާތީ، ޕާޓީގެ ލީޑަޝިޕާ ހަވާލުވުމަށް އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އެހެންނަމަވެސް، އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް ޑރ. ޝަހީމް އެ މަގާމަށް ކުރިމައްޗެއް ނުލައްވައެވެ. އަދި އޭގެ ފަހަތުގައިވާ ސަބަބެއް މިހާތަނަށްވެސް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ޑރ. ޝަހީމަކީ އަދާލަތު ޕާޓީ އުފެއްދުމުގައްޔާއި، އެ ޕާޓީގެ ސިޔާސީ ހަޔާތުގެ އެންމެ ކާމިޔާބު އަދި ރަން ދުވަސްވަރު ޕާޓީ ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. ނަމަވެސް، ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުالله ލީޑަޝިޕާ ހަވާލުވެވަޑައިގަތް ފަހުން ޕާޓީގެ މިސްރާބު ބަދަލުވެ، އާންމުންގެ އިތުބާރު ކުޑަވެގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.
06 Sep 2026
އަދާލަތު ޕާޓީ ދޫކުރައްވައި ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.
06 Sep 2026
ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަނީ
ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަމަށް ދިރާގުން ހާމަކޮށްފިއެވެ.
06 Sep 2026
ފޯނު ކޯލްތައް ލައިވްކުރުމުގައި ސުލޫކީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެދިއްޖެ
މީޑިއާތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތައް އަދި އެހެނިހެން މުޢާމަލާތްތައް ވަގުތުން (ލައިވްކޮށް) ބްރޯޑްކާސްޓްކުރުމުގައި، ކަމާގުޅޭ ޤާނޫނުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އިލްތިމާސްކޮށްފިއެވެ.
06 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މިސްރުގެ ޕްރެޒެންޓަރެއް މަރަން ހުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއް ސާބިތުވެ، މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާ އާއި އިތުރު 11 މީހަކު ދަންޖައްސައި މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
06 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
06 Sep 2026
ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.
06 Sep 2026
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތް
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.