ފޭސް ދޭއް މޫދު ސަރަހައްދު.. ފޮޓޯ: އެޗްޑީސީ
ހަބަރު
06 Sep 2026 | 17:13
ހުޅުމާލެ ފޭސް ދޭއްގެ މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓް ފޯމެއް ހެދުމަށް ހިޔާލް ހޯދަނީ

ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ރައްކާތެރިކަމާ އެކު މޫދަށް އެރެވޭނެ ތަނަކާއި މަސްވެރިކަމަށް ޚާއްޞަ ޕްލެޓްފޯމެއް ބިނާކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސަރވޭއެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ތިމާވެށީގެ އަސަރު ވަޒަންކުރުމުގެ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާ އިރު އެ ރިޕޯޓަށް ބޭނުންވާ ޑޭޓާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަނީ މި ސަރވޭއެވެ. ރައްޔިތުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމުގެ އިތުރުން ހުށަހެޅިފައިވާ އާޓިފިޝަލް ސްވިމިން ޒޯނާއި މަސްބާނާ ޕްލެޓްފޯމާ މެދު އާންމުން ދެކޭ ގޮތް ސާފުކުރުމަކީ މި ސަރވޭގެ އެންމެ ބޮޑު އެއް މަޤުޞަދެވެ.

ފޭސް ދޭއްގެ ބީޗް.. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ފްލޯޓިން ޕޮންޓޫނެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ސްވިމިން ސަރަހައްދެކެވެ. އެ ސަރަހައްދުގައި އައުޓްޑޯ ފެންވަރާ ތަނަކާއި މޫދަށް ފައިބަން ފަސޭހަ ރޭމްޕެއް ހުންނާނެއެވެ. ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއް ވޯކްވޭއެއް ހިޔާކޮށްފައިވާ ބެންޗުތައް އަދި މަސް ކަނޑަން ޚާއްޞަ ތަނެއް ހިމެނޭ މަސްބާނާ ޕްލެޓްފޯމެކެވެ.

ސަރވޭ މެދުވެރިކޮށް ލިބޭ މަޢުލޫމާތު އީއައިއޭ ރިޕޯޓުގެ ހުށަހެޅުންތައް ފައިނަލް ކުރުމަށާއި މުޖުތަމަޢުގެ ބޭނުންތަކާ އެއްގޮތަށް މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ފޭސް 2 ގައި ދިރިއުޅޭ ގިނަ ބަޔަކަށް ރައްކާތެރިކަމާ އެކު މުނިފޫހިފިލުވެވޭނެ ފުރުޞަތު ފަހިކޮށްދިނުމަކީ މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ލަނޑުދަނޑި ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
މިޔަންމާ އަތުން ބަލިވި ނަމަވެސް، ރާއްޖެއަށް ގްރޫޕުގެ ދެވަނަ
ރާއްޖެ ބަލިވި ކަމުގައި ވީނަމަވެސް، ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖެއަށް ވަނީ މި ގްރޫޕުގެ ދެވަނަ މަގާމު ކަށަވަރުވެފައެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ
06 Sep 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަންކުރައްވައިފި
މި މަގާމަށް ޢަބްދުލްޢަޒީޒު އައްޔަންކުރައްވާފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.
06 Sep 2026
ފޭސް ދޭއްގެ މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓް ފޯމެއް ހެދުމަށް ހިޔާލް ހޯދަނީ
އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ފްލޯޓިން ޕޮންޓޫނެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ސްވިމިން ސަރަހައްދެކެވެ. އެ ސަރަހައްދުގައި އައުޓްޑޯ ފެންވަރާ ތަނަކާއި މޫދަށް ފައިބަން ފަސޭހަ ރޭމްޕެއް ހުންނާނެއެވެ. ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއް ވޯކްވޭއެއް ހިޔާކޮށްފައިވާ ބެންޗުތައް އަދި މަސް ކަނޑަން ޚާއްޞަ ތަނެއް ހިމެނޭ މަސްބާނާ ޕްލެޓްފޯމެކެވެ
06 Sep 2026
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.
06 Sep 2026
އަދާލަތު ޕާޓީ ދޫކުރައްވައި ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.
06 Sep 2026
ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަނީ
ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަމަށް ދިރާގުން ހާމަކޮށްފިއެވެ.
06 Sep 2026
ފޯނު ކޯލްތައް ލައިވްކުރުމުގައި ސުލޫކީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެދިއްޖެ
މީޑިއާތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތައް އަދި އެހެނިހެން މުޢާމަލާތްތައް ވަގުތުން (ލައިވްކޮށް) ބްރޯޑްކާސްޓްކުރުމުގައި، ކަމާގުޅޭ ޤާނޫނުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އިލްތިމާސްކޮށްފިއެވެ.
06 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މިސްރުގެ ޕްރެޒެންޓަރެއް މަރަން ހުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއް ސާބިތުވެ، މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާ އާއި އިތުރު 11 މީހަކު ދަންޖައްސައި މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.