ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ތެރެއިން
ކުޅިވަރު
07 Sep 2026 | 09:01
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު

އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.

މުބާރާތުގެ 27 ވަނަ މެޗުގައި ބައްދަލުކުރީ ސްކާލެޓް އަދި އދ. އޭއީސީ އެވެ. ވާދަވެރި ކުޅުމަކަށްފަހު ސީދާ ދެ ސެޓުން މި މެޗު ކާމިޔާބުކުރީ އދ. އޭއީސީ އެވެ.

މި މެޗުގެ ފުރަތަމަ ސެޓު 18-9 އިން އޭއީސީ ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 18-15 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އދ. އޭއީސީގެ ޖާޒީ ނަންބަރު 20، އާއިޝަތު އިލްމާ އެވެ.

މުބާރާތުގެ 28 ވަނަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލުގެ ދެ ޓީމު ކަމަށްވާ އެލީޓް އަދި ޑިވާސް އެވެ. މި މެޗު ވަރަށް ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެލީޓް ޓީމެވެ.

ފުރަތަމަ ސެޓު އެލީޓުން 18-1 ގެ ބޮޑު ތަފާތަކުން ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 18-8 އިންނެވެ.

މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮސްޕިޓަލް އެލީޓް ޓީމުގެ ޖާޒީ ނަންބަރު 7، ހައްވާ ޝާމަތު އެވެ. 

މި މެޗުތަކަށްފަހު މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ގްރޫޕް 'އޭ' ގެ އެއްވަނައިގައި އޮތީ އެއްވެސް މެޗަކުން ބަލިނުވެ މަހިބަދޫ ކައުންސިލްގެ ވޮރިއާޒް ޓީމެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ އދ. އޭއީސީ އެވެ.

ގްރޫޕް 'ބީ' ގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ހޯދާފައިވާއިރު، މި ގްރޫޕުގެ ދެވަނަ ލިބެނީ ވިކިންގްސް އަށެވެ.

މަހިބަދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.
07 Sep 2026
އެމެޒޯންގެ ކާގޯ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.
07 Sep 2026
ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫއަށް
މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ
07 Sep 2026
ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.
07 Sep 2026
ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.
07 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް އަންގައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
07 Sep 2026
ބައިނަލްއަޤްވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީ އައިދާ
ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.
06 Sep 2026
ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޗެލްސީ އަތުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އުޅެނީ މެންޗެސްޓަރ ސިޓީއާއެކު ތާވަލްގެ އެންމެ ކުރީގައެވެ. އާސެނަލް އަދި ސިޓީ، މިއިން ކޮންމެ ޓީމަކުން 3 މެޗް ކުލެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.