ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް
ކުޅިވަރު
07 Sep 2026 | 10:21
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު

އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.

މި މުބާރާތުގެ 29 ވަނަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލް ބީ ޓީމާއި ފެނަކަ އެވެ. ފެށުނީއްސުރެ މޮޅު ކުޅުމެއް ދައްކަމުން ދިޔަ ފެނަކަ ޓީމުން ވަނީ ސީދާ ދެ ސެޓުން މި މެޗު ކާމިޔާބުކޮށްފައެވެ.

އެގޮތުން ފުރަތަމަ ސެޓު 10-25 އިން ފެނަކަ ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 9-25 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ (މޭން އޮފް ދަ މެޗު) ގެ މަގާމު ހޯދީ ފެނަކަ ޓީމުގެ ޖާޒީ ނަންބަރު 17، އިސްމާޢީލް ނަޒީރު އެވެ.

މުބާރާތުގެ 30 ވަނަ މެޗުގައި ހޮސްޕިޓަލް އޭ އާއި ސްޓެލްކޯ ޑީ-16 ބައްދަލުކުރި މެޗުވެސް ނިމުނީ ސީދާ ދެ ސެޓުން ހޮސްޕިޓަލް އޭ ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ހޮސްޕިޓަލް އޭ އިން ގެންދިޔައީ 16-25 އަދި 19-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޮޅު ކުޅުމެއް ދެއްކި ހޮސްޕިޓަލް އޭ ޓީމުގެ ޖާޒީ ނަންބަރު 4، މުޙައްމަދު ޖަޒީލް އެވެ.

މި މެޗުތަކަށްފަހު މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ ތަރުތީބަށް ބަލާއިރު، ގްރޫޕް އޭގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލް އޭ ޓީމެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޯޑް އެސްއެސްއޭ އެވެ.

ގްރޫޕް ބީގެ އެއްވަނައިގައި އެއްވެސް ޓީމެއް އަތުން ބަލިނުވެ އޮތީ ސްޓެލްކޯ-ކޭ38 އެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އޮތް ފެނަކަ ޓީމެވެ.

މަހިބަދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ ފޯރި މިހާރު ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.
07 Sep 2026
އެމެޒޯންގެ ކާގޯ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.
07 Sep 2026
ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫއަށް
މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ
07 Sep 2026
ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.
07 Sep 2026
ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.
07 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް އަންގައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
07 Sep 2026
ބައިނަލްއަޤްވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީ އައިދާ
ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.