ފައްޅި ކޯރުގެ ތެރެއަށް ވެއްޓެނީ
ދުނިޔެ
08 Sep 2026 | 13:23
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ

އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.

މުނީރާމްތޯލާ ސަރަޙައްދުގައި ހުރި މި ފައްޅިއަކީ ޒަމާނުއްސުރެ ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރަމުން އައި، އަދި ހަފްތާއަކު އެއްފަހަރު ބޮޑު ބާޒާރެއްވެސް ބާއްވަމުން ދިޔަ ތަނެކެވެ. އެ ސަރަޙައްދުގެ އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުގައި އެމީހުންގެ ކުޑައިރު ކޯރު އޮންނަނީ ފައްޅިއާ 15 ކިލޯމީޓަރު ދުރުގައެވެ. ނަމަވެސް، ފާއިތުވި އަހަރުން ފެށިގެން މި ސަރަޙައްދު ގިރަމުން ގޮސް، ހޮނިހިރު ދުވަހު އައްސޭރިން ބޮޑު ބައެއް ކަނޑައިގެން ދިއުމަށްފަހު، އާދީއްތަ ދުވަހުގެ ހަވީރު މުޅި އިމާރާތް ވަނީ ކޯރުގެ ތެރެއަށް ޣަރަޤުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބިހާރުން އަންނަ ފެނުގެ ސަބަބުން ކޯރުގެ ލެވެލް މައްޗަށް ދިއުމާ ގުޅިގެންނެވެ. މާހިރުން އިންޒާރު ދޭ ގޮތުގައި ސެޕްޓެމްބަރު 9 އާ ހަމައަށް ފެންބޮޑުވުމުގެ ހާލަތު އިތުރަށް ގޯސްވާނެއެވެ.

މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މަނިކްޗަކް ބްލޮކްގެ ދަށުގައިވާ ބޫތުނީ ރަށަށެވެ. އެ ރަށުގެ ހުރި ހަމައެކަނި ހޮސްޕިޓަލް ބަންދުކުރަން ޖެހިފައިވާއިރު، ޞިއްޙީ ފަރުވާ މިހާރު ދެމުންދަނީ ޕަންޗާޔަތު އޮފީހުގައެވެ. އަދި ބަލިވެއިނދެފައިވާ އަންހެނުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ. ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ރޭ، ފެންބޮޑުވުމުން ރައްކާތެރިވުމަށް ހަދާފައިވާ ތޮށިގަނޑު ފަޅައިގެން ދިއުމާ ގުޅިގެން ބޫތުނީގެ 62 އަވަށަކާއި ޕޮލިސް ސްޓޭޝަން ވަނީ ފެނުއަޑީގައެވެ.

ރަތުއާ އަދި މަނިކްޗަކްގެ އިތުރުން އިންގްލިޝް ބާޒާރު ސަރަޙައްދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ޚާސްކޯލްގެ ބޮޑެތި ބިންތަކާއި އަނބު ދަނޑުތައް ވަނީ ގިރައިގެން ގޮސްފައެވެ.

ހާލަތު ގޯސްވަމުންދާތީ، ސްޓޭޓްގެ ވަޒީރުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، ސަރުކާރުގެ އިދާރާތަކުން ދަނީ ކުއްލި ހާލަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.