އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
މުބާރާތުގެ 36 ވަނަ މެޗުގައި ބައްދަލުކުރީ މަހިބަދޫ ކައުންސިލާއި ކޮމްބައިން 1 އެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ކޮމްބައިން 1 އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-10 އަދި 25-12 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކޮމްބައިން 1 ގެ ޖާޒީ ނަންބަރު 2، މުޙައްމަދު އަހަދުالله ޢަބްދުالله އެވެ.
މުބާރާތުގެ 37 ވަނަ މެޗުގައި ޕޮލިސް އަދި ރޯޑް އެސްއެސްއޭ ބައްދަލުކުރި މެޗު ވެގެންދިޔައީ ވަރަށް ވާދަވެރި އަދި ފޯރިގަދަ މެޗަކަށެވެ. މި މެޗު 2-1 ސެޓުން ކާމިޔާބުކުރީ ރޯޑް އެސްއެސްއޭ އެވެ. މެޗުގެ ފުރަތަމަ ސެޓު 25-18 އިން ރޯޑް އެސްއެސްއޭ ގެންދިޔަ ނަމަވެސް، ޕޮލިހުން ވަނީ ދެވަނަ ސެޓު 25-15 އިން ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ. ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 15-10 އިން ކާމިޔާބުކޮށް، މެޗު ކާމިޔާބުކުރީ ރޯޑް އެސްއެސްއޭ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޯޑް އެސްއެސްއޭގެ ޖާޒީ ނަންބަރު 7، އަޙްމަދު މުޙައްމަދެވެ.
މި މުބާރާތުގައި މިރޭ ކުރިއަށްދާނީ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކެވެ. ފުރަތަމަ ސެމީ ފައިނަލްގައި ސްޓެލްކޯ ކޭ38 ވާދަކުރާނީ ރޯޑް އެސްއެސްއޭއާއެވެ. އަދި ދެވަނަ ސެމީގައި ފެނަކަ ނުކުންނާނީ ހޮސްޕިޓަލް އޭ ޓީމާ ދެކޮޅަށެވެ.
މި ފޯރިގަދަ ސެމީ ފައިނަލް މެޗުތައް "ވޮއިސް" މެދުވެރިކޮށް ވަގުތުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists