ކްރިމިނަލް ކޯޓު-
ހަބަރު
10 Sep 2026 | 14:47
ގޭގައި ޑްރަގުގެ ވިޔަފާރިކުރަން ހުއްދަދިން މައްސަލައެއްގައި ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.

މި މައްސަލައިގައި ކޯޓުން ޙުކުމްކޮށްފައިވަނީ ގ. ޕެލިކަން ގޭގެ ބެލެނިވެރިފަރާތުގެ މައްޗަށެވެ. މި ދަޢުވާއަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން—އެނގިހުރެ ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ހުރެ މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ޕެޑްލް ކުރުމަށް ތަނެއް ދޫކޮށްފައިވާތީ ނުވަތަ ހުއްދަކޮށްފައިވާތީ ދައުލަތުން އުފުލި ދަޢުވާއެކެވެ.

20 ޖަނަވަރީ 2016 ވީ ބުދަ ދުވަހުގެ ރޭގަނޑު 19:30 ހާއިރު، ގ. ޕެލިކަން ގޭގައި އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެއަށް ގޮސް، ބާރުގެ ބޭނުންކޮށްގެން އެތެރެއަށް ވަދެ ބަލައިފާސްކުރިއިރު، އެ ގޭގެ ގްރައުންޑް ފްލޯގައި ދެމީހަކު ތިއްބައި ވަނީ ފެނިފައެވެ.

އެ ދެ މީހުންގެ ޙާޟިރުގައި އެ ގެ ބަލައިފާސްކުރިއިރު، ފާޚާނާ ކައިރިންނާއި، އަށިމަތިންނާއި، ފާޚާނާ ތަށި ތެރެއިން އަދި ފާޚާނާގެ އެކި ދިމާލުން ގިނަ ޢަދަދެއްގެ ރަބަރު ޕެކެޓުތަކާއި ސެލޯފިންކޮޅުތައް ފެނިފައިވެއެވެ. މި ތަކެތި ތަޙްލީލުކުރިއިރު ބޮޑު ޢަދަދަކަށް ކެނެބިސް ހުރިކަން ވަނީ ޔަޤީންކުރެވިފައެވެ.

ދަޢުލަތުން ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ގެއަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ވިއްކާ ކަމުގެ މަޢުލޫމާތު ލިބިގެން ތަކުރާރުކޮށް ފުލުހުން ވަދެ މީހުން ހައްޔަރުކޮށް ތަޙުޤީޤުތައް ހިންގާފައިވާ ގެއެކެވެ. އަދި އެ ގޭގައި މަސްތުވާތަކެތި ޕެޑްލްކޮށް، ވިޔަފާރިކުރާކަން އެނގޭނެ ފުރުޞަތާއި ޙާލަތު އޮވެ، އެކަން ހުއްދަކޮށްފައިވާކަން ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގެ ޝަރީޢަތް ނިންމައި ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ކުށް ސާބިތުވާތީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ