ރެއާލް މެޑްރިޑާއި ވަޔެކާނޯ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ރެއާލް
ކުޅިވަރު
13 Sep 2026 | 14:00
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް

ސްޕެނިޝްލީގްގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ވަޔެކާނޯ ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި ރެއާލްގެ ތަރިއަކަށްވީ އެމްބާޕޭ އެވެ. މިމެޗްގައި އެމްބާޕޭ ވަނީ ދެ ގޯލް ޖަހައި އިތުރު ލަނޑެއް ކާމިޔާބުކޮށްދިނުމަށް އެހީވެދީފައެވެ.

މެޗްގައި ރެއާލްއަށް ގޯލް ހުޅުވާލަދިނީ ލިބުނު ޕެނަލްޓީއަކުން 14 ވަނަ މިނެޓް ތެރޭގައި އެމްބާޕޭ އެވެ. އަދި އޭގެ ދެ މިނެޓް ފަހުން އެމްބަޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލްވާރޯ ކަރެރާސް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްދީފައެވެ. މީގެ އިތުރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން 35 ވަނަ މިނެޓް ތެރޭގައި ބެލިންހަމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 3-0 ކަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފް ފެށިތާ މާ ގިނައިރުތަކެއް ނުވެ ވަޔެކާނޯގެ ކަމޭލޯ ވަނީ ލަނޑެއް ޖަހައި އެޓީމަށް އުއްމީދު އާކޮށްދީފައެވެ. ނަމަވެސް ރެއާލް މެޑްރިޑުން ވަނީ އިތުރު ހަމަލާތައް އުފައްދައި މެޗް ނިމުނުގެ ކުރިން އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 4-1 ކަށް ބަދަލުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ.

ލަލީގާ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު 12 ޕޮއިންޓާއެކު ރެއާލަށް ވުރެ އެއްމެޗް މަދުން ކުޅެ ތާވަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ. ރެއާލް މެޑްރިޑް ތާވަލްގެ ދެވަނާގައި އޮތީ ހަމަ ބާސާއާ އެއްވަރަށް ޕޮއިންޓް ލިބިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.