މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" މިއަދު ވަނީ ފަށާފައި -- ފޮޓޯ: މަންފާ
ހަބަރު
13 Sep 2026 | 19:11
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ "މަންފާ" ޖަމިއްޔާއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ދެވަނަ ނަމާދު ވޯކްޝޮޕް ފަށައިފި އެވެ.

ނަމާދު ވޯކްޝޮޕް މި އަހަރު ކުރިއަށް ދަނީ އަރަބިއްޔާ ސުކޫލު ހޯލުގަ އެވެ. މަންފާއިން ބުނީ މި އަހަރުގެ ވޯކްޝޮޕަށް ހުޅުވާލުމުން ވެސް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.

މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" މިއަދު ވަނީ ފަށާފައި -- ފޮޓޯ: މަންފާ

ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ވޯކްޝޮޕް ކުރިއަށް ގެންދަނީ ހަވީރު އެވެ. 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށް ވޯކްޝޮޕް ކުރިއަށް ގެންދަނީ ރޭގަނޑު އެވެ.

ނަމާދު ވޯކްޝޮޕްގައި ކުދީންނަށް ކިޔަވައިދެއްވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިމްރާން މުހައްމަދު އަލީ އެވެ. މީގެ އިތުރުން އަލްއަޚް އަލީ ރަމީޒު, ބަންގި ސެޝަންވެސް ކުރިއަށް ގެންދާނެ އެވެ.

މަންފާއިން ބުނީ މި ވޯކްޝޮޕް ނިމިގެންދާއިރު ކުދީންނަށް އެނގިފައިވާ މިންވަރު ބެލުމަށް ވަކިވަކީން ކޮންމެ ދަރިވަރަކު އިމްތިހާނު ކުރެވޭނެ ކަމަށެވެ.

މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" މިއަދު ވަނީ ފަށާފައި -- ފޮޓޯ: މަންފާ

މިފަހަރުގެ ވޯކްޝޮޕުން ފުރުސަތު ނުދެވުނު ދަރިވަރުންގެ ކިބައިން މާފަށް އެދެމުން އެ ޖަމިއްޔާއިން ބުނީ ދެން އަންނަ އަހަރުގެ މި ދުވަސްވަރުގެ ސުކޫލު ބަންދުގައި ވެސް ނަމާދު ވޯކްޝޮޕް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ނަމާދު ވޯކްޝޮޕް ކުރިއަށް ގެންގޮސް ދިނުމަށް ވަރަށް ގިނަ ބެލެނިވެރީން ދިޔައީ މަންފާގައި އެދެމުންނެވެ. އެކަމަށް އިޖާބަދީ އެކަން ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު އޮތް ފުރަތަމަ ނަމާދު ވޯކްޝޮޕަށްވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

މަންފާ އިން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް ސިލްސިލާ ދަރުސްތަކާއި ދީނީ ހޭލުންތެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުރިހާ ރަށަކުން ވެސް މަންފާގެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް