29 Jul 2019 | 23:16
ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދައްކަން: ސައީދު

ކުރީގެ ރައީިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ޓީވީން ދުރަށް ދައްކަމުންގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދެއްކުމުގެ ނިޔަތުގައިކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވޮއިސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ދުރަށް ދެއްކުމުން އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

ނަމަވެސް ސައީދު އިތުރަށް ވިދާޅުވީ ހަމައެކަނި ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރުމުން އެއީ ސިޔާސީ ކަމެއްކަމަށް ހާމަވާ ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެއްޗެއް ދައްކަން މަސައްކަތްކުރާކަން އެނގޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހައްސާސް މައްްސަލައަކީ އެންމެ ގާޒީއަކު އިނދެގެން ބެލުމަށް އެކަށީގެންވާ މައްސަލައެއްތޯ ސައީދު ވަނީ ސުވާލުއުފައްދަވާފައެވެ. އެގޮތުން މަނީ ލޯންޑްރިންގެ ގާނޫނެއްވެސް ފުރަތަމަ އައީ، ރައީސް ޔާމީންގެ ދައުރުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

"އެހާ އާ ގާނޫނެއްގެ އެހާ ގްލޯބަލް ބޮޑު އިޝޫއެއް މަނީ ލޯންޑްރިންގަކީ. މިކަހަލަ ކަމެއްގައި މި މައްސަލަ އެސެސް ކުރާއިރު ބެންޗެއް، ތިންމީހުންގެ ބެންޗެއް ހަމަ އާންމު އުސޫލުން އޮންނަހެން ބާއްވަދޭށޭ ރިކުއެސްޓް ކޮށްފައިވާނީ ވަކީލުންގެ ފަރާތުން"، ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވަނީ އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ފަރާތުން ދެއްކެވި ބައެއް ވާހަކަތަކުގައި މަދުވާ ޕޮއިންޓްތަކަށް ރައީސް ޔާމީންގެ ވަކީލުން ރައްދު ދެއްވަމުން ދިޔައިރުވެސް، އެކަމަށް އިސްގާޒީ ހައިލަމް ސަމާލުކަމެއް ދެއްވާފައިނުވާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"ގާނޫނީ ގޮތުން ފުންނާބުއުސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްރޮސެކިއުޓް ކުރުމުގެ ފަންނު ގާޒީ ބޮޑަށް އެކްސަސައިޒް ކުރެއްވި ތަން ފެނިގެންދިޔަކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިގެންދަނީ" އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.