އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

19 Oct 2018 | 05:24

އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވެރިން މަޝްވަރާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީގެ އިދާރާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ޓްރާންސިޝަން ކޮމިޓީގެ ޗެއާމަން ޢަބްދުﷲ ޝާހިދު އާއި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފު އަދި އެމްޑީޕީގެ ޗެއާރޕަސަން ހަސަން ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީއިން ބުނެފައިވަނީ ހުވާކުރުމުގެ ރަސްމިއްޔަތު ބާއްވާނީ ގަލޮޅު ފުޓުބޯޅަ ދަނޑުގައި އާންމުންނަށް ހުޅުވާލައިގެން ކަމަށާއި މިރަސްމިއްޔާތަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދޭނެކަމަށެވެ.

2013 ގެ ފުރުތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުގެ ސަބަބުން އިންތިހާބް ލަސްވެ ރައީސް ޔާމިން ހުވާކުރައްވާ ފައިވަނީ ނޮވެމްބަރ 17 ގައެވެ. މިހެންކަމުން ހުވާކުރުމުގެެ ރަސްމިއްޔާތު އޮންނާނީ 17 ނޮވެމްބަރ ކަމެއް ނުވަތަ 11 ނޮވެންބަރު ކަމަށް އަދި މުޅިން ޔަގީނެެއްނުވެއެވެ.

މި މަޝްވަރާ ބައްދަލިކުރެއްވުމުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement