ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ކާރިސާއާ ގުޅިގެން އެހީގެ ގޮތުގައި ޖުމްލަ 255,000 ރުފިޔާ އެއްކޮށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއާރުސީގައެވެ. ނޭޕާލް އެއިޑް އިނީޝިއެޓިވްގެ ދަށުން ހިންގި މި ހަރަކާތަށް ފައިސާ ހޯދާފައިވަނީ ސިއްޙީ ދާއިރާގެ ޖަމިއްޔާތަކާއި ވަކިވަކި ޑޮކްޓަރުންނާއި ޢާންމު ރައްޔިތުންގެ ދީލަތި އެހީތެރިކަމާ އެކުގައެވެ.
މި ހަރަކާތުގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް އެނެސްތީސިއޮލޮޖިސްޓސް އެސޯސިއޭޝަނާއި ރޭޑިއޮލޮޖީ ސޮސައިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ހިމެނެއެވެ.
ނޭޕާލަށް ލިބުނު ގެއްލުމާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއާރުސީ މެދުވެރިކޮށް ދަނީ ކުރަމުންނެވެ.
އެގޮތުން، މިިދިޔަ މަހުގެ 26 ވަނަ ދުވަހު ނެޕާލުގެ ލެންގްޓެންގް ލިރުންގް ސަރަހައްދު ކައިރިން ބޮޑެތި ގަނޑުފެނާއި ހިލަ ވެއްޓި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
މި ކާރިސާ ފެށިގެން އައީ ލެންގްޓެންގް ލިރުންގް ކޯރުގެ އުސް ހިސާބުން ބިޔަ ގަނޑުފެނާއި ހިލައިގެ ބައިތައް ކުއްލިއަކަށް ވެއްޓުމާ ގުޅިގެންނެވެ. އެ ވެއްޓުމުގެ ސަބަބުން ކުއްލި ގޮތުގައި ކުރިމަތިވި ފެންބޮޑުވުމާއި ޗަކައާއި ހިލަތަކުގެ ބައިތައް ތިރިއަށް ފައިބައި އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists