މީގެ 14 އަހަރު ކުރިން ހަސަނަށް އައި ފޯނު ކޯލުން މުޅި ރާއްޖެ ބަދަލުކޮށްލައިފި!

05 Aug 2019 | 19:07

މީގެ ސާދައަހަރު ކުރިން ހަސަނަށް އައި ކޯލު، މިއަދު އުރީދޫ 4ޖީގައި ޔޫޓިއުބުން ސްޓްރީމްކޮށްލާއިރު މާލޭގެ މުއާސަލާތީ ވަސީލަތަކަށް ޓެލެފޯން ގެންގުޅެމުން އައި ދިވެހިންގެ އޭރުގެ ހާލަތު ހަސަނުގެ ކޯލުން ވަރަށް ސާފުކޮށް ދައްކުވަދެއެވެ. މޯބައިލް ފޯނު މަދު، ހިދުމަތުގެ އަގު ބޮޑު އެޒަމާނުގައި އެހިދުމަތް ލިބިގަންނަން ޖެހެނީވެސް އެހާ ހާލުންނެވެ.

ނަމަވެސް 14 އަހަރު ކުރިން މަންޒަރު ބަދަލުކޮށްލި ހަސަނުގެ އަތައް ހެޔޮވަރުކޮށްލި ފޯނު ކޮންމެ ދިވެއްސަކަށްވެސް ހޮޔޮވަރު އެއްޗަކަށްވެ، ހެޔޮ އަގަކަށް ތިރިކޮށްލެވުނީ އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ ރާއްޖޭގައި ހަރަކާތްތެރިވާން ފެށި ހިސާބުންނެވެ.

ސަރުކާރުގެ ޓެލެކޮމް ކުންފުނިން މޮނޮޕޮލައިޒް ކޮށްފައިވާ އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ އެހިސާބުންނެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖެއަށް އުރީދޫގެ ކަވަރޭޖެ ފުޅާކޮށް، ރުއްގަހުންނާއި ފުރާޅުމަތީގައި ރޭންޖް ހޯދުމަށް ތިބި ދިވެހިން ހަމަ ބިމައްބޭލިއެވެ.

މޯބައިލް ޕެކޭޖް ހެދި މުއާސަލާތީ ގުޅުމުން މުޅި ރާއްޖޭ ގުޅުނީއެވެ. ފިނޮޅަކަސް، ކަނޑުއަޑިއަކަށް ރޭންޖް ލިބެންފެށީއެވެ. އެމް އެމް އެސް މާޒީވެ ވަގުތުން ވަގުތައް ފޮޓޯ، ވީޑިއޯ ހައްދެއް ނެތި ފޮނުވޭނެ މަގު ވެސް ފަހިވެގެންދިޔައީއެވެ.

ދަންވަރު “ހެޕީ އަވާ” ގެ ހެޔޮ ރޭޓް ތަކުގައި ގުޅައި އުޅުނު ލޯބިވެރިންނަށް ހަމަ ނިދި ލިބޭނެ ފަދަ ގޮތަކަށް ފްރީ ނަންބަރު ތައާރަފް ވެގެން ދިޔައެވެ. ރަށްރަށުގެ ފޯނު ބޫތުކައިރިއަށް ގަޑި ކިޔައި، ބޫތުކައިރީ ކުރަން ޖެހުނު އިންތިޒާރަށްވެސް ނިމުން ގެނުވީއެވެ.

ބައިނަލް އަޤުވާމީ ފެންވަރަށް ދިވެހިންގެ މުއާސަލާތީ ގުޅުންތައް ކުރިއަރައިގެން ދިޔައީ ރާސްޓަސް ލާފައެވެ. ބޭރަށް ތައާރަފްވާ ހިދުމަތް ހަމަ މި ޖަޒީރާ ރައްޖެއަށް ކުޑަ ކުދަސްކޮޅެއްގެ ތެރޭގައި ލިބިގެންދަނީ ޓެކްނިކަލް ގޮތުންވެސް ދުނިޔެއަށް ގޮންޖަހާލުމަށްފަހުއެވެ.

މިއީ 14 އަހަރު ކުރިން ދިވެހިންގެ ދިރިއުޅުން ބިނާވެފައިވާ ގޮތެވެ. މިއަދުގެ 14 އަހަރުގެ ކުދިންނަށް ނޭގުނަސް ހަސަނުގެ ކޯލުން މިއަދު ފެންނަން އޮތީ 14 އަހަރު އުރީދޫން ރާއްޖޭގެ ޓެލެކޮމިއުނިކޭސަންއަށް ގެނައި ރޮކެޓް ސްޕީޑް އިންގިލާބީ ބަދަލައެވެ.

އުރީދޫގެ އުފާވެރި 14 ވަނަ އަހަރީ ދުވަހުގެ ތަހާނީ އުރީދޫގެ ހީވާގި މުވަޒަފުންނަށް ވޮއިސް ޓީމްގެ ފަރާތުން އަރިސްކުރަން!  

Advertisement

ކޮމެންޓް