މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސިލްވަރ ސްޕޮންސަރަކަށް އެލައިޑް!

01 Aug 2019 | 20:44

މޯލްޑިވްސް އެސޯއިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕްރޭޓަރސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ބާއްވަމުންގެންދާ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019 "ގެ ސިލްވަރ ސްޕޮންސަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު އެލައިޑް މައި އޮފީހުގައި ކުރިޔަށްގެންދިޔަ ހަފްލާގައި އެލައިޑް އިންޝުއަރަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ޝަފާޒުއެވެ.

މަޓާޓޯގެ ފަރާތުން ސޮއިކޮށްދެއްވީ އެޖަމިއްޔާގެ ރައީސް އަލްފާޟިލް އަބްދުﷲ ސުއޫދުއެވެ.

"މޯލްޑިވްސް ޓްރެވަލް އެވޯޑްސް" އަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގުހުރި ހިދުމަތް އަގުވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައި 2012 ވަނަ އަހަރު މަޓާޓޯއިން ތައާރަފުކުރި އެވޯޑު ހަފުޟާއެކެެވެ. އެގޮތުން މިއަދާއި ހަމައަށް މިއިވެންޓް ފުޅާވެ، މިހާރު އިވެންޓް ކުރިޔަށްދަނީ 2 ގިންތިއަކަށް ބަހާލެވިގެންނެވެ. އެއީ މޯލްޑިވްސް ޓެރެވަލް އެވޯޑްސް ގާލާ ނައިޓް އާއި މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަންއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަފާޒު ވިދާޅުވީ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް" ފަދަ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ހަފްޟާގެ ސިލްވަރ ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ހިޔާރުކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ. އަދި މަޓާޓޯއިން ދާއިރާގެ ކުރިއެރުމަށް ކުރައްވާ މަސައްކަތަށް ތައުރީފުކުރައްވާ ޝަފާޒު ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އެވޯޑު ހަފުޟާވެސް ކާމިޔާބުކަމާއި އެކު ކުރިޔަށްގެންދިޔުމަށް އެލައިޑްެގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައެވެ.

Advertisement

ކޮމެންޓް

Advertisement