އަގާއި މެދު ހިތްހަަމަނުޖެހި ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް!

04 Aug 2019 | 15:27

މާލެއާއި ހުޅުމާލެއާއި ދެެމެދު ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ގެނައި ބަދަލުތަކާއި މެދު ހިތްހަމަ ނުޖެހި، މުޒާހަރާއަށް ނުކުތުމަށް ނިންމައިފިއެވެ.

ޓެކްސީ ޑްރައިވަރުން ވޮއިސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަންނަ ބުދަ ދުވަހު މުޒާހަރާ ކުރުމަށް ނިންމާފައިވަނީ ހުޅުލެ-ހުޅުމާލެއަށް ކުރަންޖެހޭ ދަތުރުތަކުގެ އަގު ކުޑަވުމާއި ޓެކްސީ އެޕްލިކޭޝަންތަކަށް ހުއްދަ ދިނުމުން ކަމަށެވެ.

އެ ފަރާތްތަކުން ބުނީ އެޕްލިކޭޝަންތަކާއި އެކު އަމިއްލަ ފަރާތްތަކުން ކުރާ ޓެކްސީ ދަތުރުތައް އިތުރުވެ، ރަޖިސްޓަރކޮށްފައިވާ ޓެކްސީތަކަށް ޑިމާންޑްކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ޓެކްސީ ޑްރައިވަރުން ވަނީ އެ އަގުތައް ނެގުން ހުއްޓުވުމަށް އެދި ކޯޓަށް ދާނެކަމުގެ އިންޒާރުދީފައެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ-ހުޅުލެ-ހުޅުމާލެ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލުގެނައުމަށް ނިންމާފައެވެ.

އެގޮތުން އެ އަގުތަކަކީ:

- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ، މިއެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނެފައިވަނީ މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކަކުން އެ އޮތޯރިޓީ އިން ހުއްދަދޭ އޮންލައިން އެޕްލިކޭޝަނެއް ދަތުރުތައް ކުރުމުގައި ބޭނުން ކުރަން ޖެހޭނެކަމަށެވެ.

އެ ތިން އެޕްލިކޭޝަނަކީ އަވަސް ރައިޑް ޕިކްމީ، ސްރީލަންކާ އަދި އެއައީ އެވެ.

Advertisement

ކޮމެންޓް