އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންހް.. ފޮޓޯ: އޭޕީ
ދުނިޔެ
30 Jun 2025 | 09:31
އިންޑިއާ-ޗައިނާ ބޯޑަރު މައްސަލައަށް ބޭނުންވަނީ ދާއިމީ ހައްލެއް: ރަޖްނާތު ސިންހް

އިންޑިއާއާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ބޯޑަރުގެ ޒަމާންވީ މައްސަލައަށް ބޭނުންވަނީ ދާއިމީ ދެމެހެއްޓެނިވި ހައްލެއްކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންހް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ހަފްތާގައި ޗައިނާގެ ކިންޑާއޯގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން ކައުންސިލް (އެސް.ސީ.އޯ)ގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިކަމާއި ބެހޭ ގޮތުން ރަޖްނާތު ސިންހް ވަނީ ޗައިނާގެ ދިފާޢީ ވަޒީރު ޑޮންގް ޖުންގް އާއި މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ސަރަހައްދީ އިމުގެ ކަންކަން ބެހެލެއްޓުމަށާއި ސަރަހައްދީ އިން ވަކިކުރާ ރޮނގުގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ ނިޒާމެއް ޤާއިމްކުރެވިފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށް ސިންހް އަލިއަޅުއްވާލެއްވިކަމަށް އިންޑިއާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ސަރަހައްދީ އިމުގެ މައްސަލައިގައި އިންޑިއާއިން ކުރިން ބުނަމުން އައިސްފައިވަނީ އެމައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ބޭނުންވާކަމަށެވެ. އެހެންނަމަވެސް 'އަވަސް' ހައްލަކުން 'ދާއިމީ' ހައްލަކަށް އިންޑިއާގެ ބަސްމަގު ބަދަލުވުމުން، މިމައްސަލަ ކޮޅެއްގައި ޖެއްސުމަށް އިންޑިއާއިން އަހައްމިއްޔަތުކަން ދޭ މިންވަރު ދޭހަވާކަމަށް މުރާސިލުން ބުނެއެވެ.

ޗައިނާއިން ބުނީ ސަރަހައްދީ ރޮނގުގެ މައްސަލަ ހައްލުކުރެވެންދެންވެސް ދިމާވާ ކުދިކުދި އެހެން މައްސަލަތަކަކީ ދެގައުމުގެ މެދުގައި އޮންނަ މައިގަނޑު ގުޅުމަށް ބުރޫ އަރާފަދަ ކަންކަމަށް ވެގެން ނުވާނެކަމަށެވެ.

ދުނިޔޭގެ އާބާދީ އެންމެ ބޮޑު މި ދެގައުމުން 3800 ކިލޯމީޓަރުގެ ދިގު ސަރަހައްދީ ރޮނގެއް ހިއްސާކުރެއެވެ. މީގެ ތެރެއިން ބޮޑު ބައި އޮންނަނީ ފާހަގަނުކޮށެވެ. ޚާއްސަކޮށް ހިމާލިޔާ ފަރުބަދަތައް މަތީ ސަރަހައްދު އޮންނަނީ ހުސްކޮށެވެ. އަދި ސަރަހައްދީ ރޮނގުގެ މައްސަލައިގައި ދެގައުމުން ހަނގުރާމަވެސް ކޮށްފައި އެބަހުއްޓެވެ. 2020 ވަނަ އަހަރު އެންމެ ފަހުން ހިނގި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކާއި، ޗައިނާ ސިފައިންގެ 4 މީހަކު މަރުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ