12 Aug 2019 | 13:12
ލަންކާާގެ ރިޔާސީ އިންތިޚާބުގައި ގޯޓާބަޔަ ރާޖަޕަކްސަ ވާދަކުރާނެކަން ޔަގީންވެއްޖެ

މިއަހަރުގެ ފަހުކޮޅު އޮންނަ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީ ނުވަތަ އެސްއެލްޕީޕީއިން ވާދަކުރާނީ ގޯޓާބަޔަ ރާޖަޕަކްސަކަން ހާމަކޮށްފިއެވެ.

އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ގޯޓާބަޔަކަން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވުނު އެޕާޓީގެ ކޮންފަރެންސްގައެވެ. ގޯޓާބަޔައަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައިގެ ކޮއްކޯފުޅެވެ. އޭނާ ވަނީ މަހިންދަގެ ރައީސްކަމުގައި ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކޮށް، ތަމަޅަ ޓައިގަރުން ބަލިކުރުމުގައި ބޮޑުދައުރެއް އަދާކޮށްފައެވެ.

އިއްޔެގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ގޯޓާބަޔަ ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކަށްވާނީ ހަރުކަށި ޚިޔާލުތަކުގެ ނިރުބަވެރިންނަށް އެއްވެސް ޖާގައެއް ނުދީ، ގައުމުގެ އަމާންކަން ކަށަވަރުކުރުން ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ވެރިކަމަށް ހޮވިއްޖެނަމަ އެންެމެ ބޮޑު އިސްކަމެއް ދޭނީ ގައުމުގެ ސަލާމަތަށާއި، ވަޅުޖެހިފައިވާ އިގްތިސާދު ދިރުވުމަށް ކަމަށެވެ. ސްރީލަންކާއަށް މިދިޔަ އެޕްރީލްމަހުގައި ދިން އީސްޓަރ ސަންޑޭ ހަމަލާއަށްފަހު، އެގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ގޯޓާބަޔައާއި ދެކޮޅަށް ވާދަކުރާނެކަމަށް ބެލެވޭ އެއް ފަރާތަކީ ޔޫއެންޕީގެ ފަރާތުން މިހާރުގެ ހައުސިންގ މިނިސްޓަރ ސަޖިތު ޕްރޭމަދާސައެވެ.

ފާޑުކިޔުންތެރިން ބުނާގޮތުގައި ގޯޓާބަޔަގެ މައްޗަށް ހަނގުރާމައިގެ ދުވަސްވަރުގައި އެކިއެކި ޖަރީމާތައް ހިންގިކަމުގެ ތުހުމަތު އޮތުމާއި، އެމެރިކާގެ ރަށްވެހިކަމުގެ މައްސަަލަ ޖެހިފައި އޮތުމަކީ އޭނާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ގޯޓާބަޔަގެ ބޮޑުވަޒީރަކަށް ވާނެކަމަށް ގިނަ ފަރާތްތަކުން ބުނަމުންދަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.