މިއީ މައުމޫން އެންމެ ހިތްޕުޅާވި އީދު ތަހުނިޔާ!

14 Aug 2019 | 16:28

މިހާރު ފާހަގަ ކުރަމުން އަންނަ އަޟްހާ އީދުގެ ތަހުނިޔާ ކިޔުން އަދިވެސް ނުނިމެއެވެ.

މިއީ ބޮޑު އީދު ކަމަށްވުމާއެކު، އީދު ބަންދު ނިމެން އަދިވެސް ތިން ދުވަސް ކުރިއަށް އެބައޮތެވެ. އެހެންކަމުން އީދުގެ ތަހުނިޔާ ރައްދު ކުރަން ބޭނުންވާ ފަރާތެއް އޮތް ނަމަ، ލަސްނުކޮށް ތަހުނިޔާ ކިޔާށެވެ. އަދިވެސް ވަގުތު އެބައޮތެވެ.

ތިބާއަށް އެންމެ ކަމުދަނީ ކޮންގޮތަކަށް އީދުގެ ތަހުނިޔާ ކިޔުމުން ހެއްޔެވެ؟ މިއީ މީސްމީޑިޔާގެ ޒަމާނެވެ. ފޭސްބުކް، ޓްވިޓަރ، އިންސްޓެގްރާމް، ވައިބަރ، ސްނެޕްޗެޓް މިހެން ގޮސް ކިޔާނެ ކަމެއް ނެެތެެވެ. މިހުންނަނީ މުޅިންވެސް އީދުގެ ތަހުނިޔާ ކިޔާލަން ރަނގަޅު މީސްމީޑިއާގެ ވަސީލަތްތަކެވެ.

އީދުގެ ތަހުނިޔާ ކިޔާކަށް ކުޑައެއް ބޮޑެއް ނެތެވެ. އެއީ ވަކި އުމުރަކަށް ނުވަތަ ވަކި މީހަކަށް އަންނަ އީދަކަށް، މި ދުވަސް ނުވާތީއެވެ. އީދު އަންނަނީ ހުރިހާ އުމުރެއްގެ، ހުރިހާ ފަންތިއެއްގެ މީހުންނަށެވެ.

އެކި ފަރާތްތަކުން އަންނަނީ އެފަރާތްތަކަށް ލިބެމުން އަންނަ އީދު ތަހުނިޔާގެ މެސެޖުތައް މީސްމީޑިއާގައި ހިއްސާ ކުރަމުންނެެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް މިވަނީ އެމަނިކުފާނަށް އެންމެ ކަމުދިޔަ އީދުގެ ތަހުނިޔާ ޓްވީޓަކުން އެހެން މީހުންނާ ހިއްސާ ކުރައްވާފައެވެ.

ހަމަ ޔަގީނުންވެސް މައުމޫނަށް އެތައް ބަޔަކު އީދުގެ ތަހުނިޔާ އަރިސް ކުރާނެއެވެ. ހަމައެކަނި ދިވެހިންނެއް ނޫނެވެ. އެމަނިކުފާނަކީ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅެކެވެ. ބޭރު މީހުންގެ ތެރެއިން އެތައް ބައެެއްގެ ގަދަރާ އިހްތިރާމް އެމަނިކުފާނު ހޯއްދެވިއެވެ. އެެހެންކަމުން، ރައީސް މައުމޫނަށް އީދުގެ ތަހުނިޔާ އަރިސްކުރާނެ ކިތަންމެ ބަޔަކު ތިބުމަކީ ހައިިރާން ވާންޖެހޭ ވަރުގެ ކަމެއްވެސް ނޫނެވެ.

ރައީސް މައުމޫނަށް އެލް.ކޭ.ޖީގައި ކިޔަވަމުން އަންނަ އުމުރުން ފަސް އަހަރުގެ ކުއްޖަކު މިވަނީ ވަރަށް ހާއްސަ ގޮތަކަށް އީދު ތަހުނިޔާ ކިޔާފައެވެ. އެ ކުއްޖާ ތައްޔާރު ކުރި ކާޑުގައި "އީދު މުބާރިކު އެންމެންނަށް" މިހެން ލިޔެފައި އޮތެވެ. އެކުއްޖާ ހެދި ކާޑުގައި ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު އީދު ކުޅިވަރުތަކުގެ ނަންތައް ލިޔެ، އެއާ ގުޅޭ ކުރެހުމެއްވެސް ހިމަނާފައި އޮތެވެ. އެގޮތުން "ދެލި މާލި"، "ފުޅި މާލި" އަދި "ބޮޑު މަސް"ވެސް އެ ކިުއްޖާގެ އީދު ތަހުނިޔާ ކާޑުގައި އޮތީ ހިމަނާފައެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނަށް އެންމެ ހިތްޕުޅާވި އީދު ތަހުނިޔާ އަކީ އެއީ ކަމަށް ވިދާޅުވެފައެވެ.

ޝައްކެއްވެސް ނެތެވެ. އީދުގެ ތަހުނިޔާ ކިޔާކަށް ވަކި ގިންތިއެއް،، ނުވަތަ އުމުރެއްވެސް ނޯވެއެވެ. 

ފޮޓޯ: މައުމޫން/ ޓްވިޓަރ

Advertisement

ކޮމެންޓް

Advertisement