Advertisement

އާބާދީ ކޮންޓްރޯލް ކުރުމަކީ ބޮޑު ގޮންޖެހުމެއް- މޯދީ

15 Aug 2019 | 21:39

އިންޑިއާގެ އާބާދީ ކޮންޓްރޯލް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަގުރީރު ކުރައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އެގައުމުގައި އާބާދީ އިތުރުވުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާ، އެކަން ހައްލު ކުރުމަށްޓަކައި މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

މޯދީ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މޯދީގެ ބޮޑުވަޒީރުކަމުގައި ނިމިގެން ދިޔަ ފަސް އަހަރުގައި އިންޑިއާގައި ފަގީރުން ގިނަ ސަރަހައްދުތަކަށް ކުރިއެރުން ގެނެސް ދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިކަން އެމަނިކުފާނުގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. މޯދީ ވަނީ ކުރިއަށް އޮތް ފަސް އަހަރު އިމާރާތް ކުރުމުގެ ދާއިރާގެ ތަރައްގީއަށް 100 ޓްރިލިއަން ރުޕީސް ހަރަދު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، އިންޑިއާއަށް ކުރިމަތިވެފައިވާ ސާފު ބޯފެން ހޯދުމުގެ ދަތިކަމާ ގުޅޭގޮތުންވެސް އެމަނިކުފާނުގެ ތަގުރީރުގައި އަލިއަޅުވާލެއްވިއެވެ. 

Advertisement

ކޮމެންޓް