29 Aug 2019 | 08:15
ގަލްފުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް މޯދީ ޔޫއޭއީއަށް

ގަލްފުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ) އަދި ބަހްރެއިންއަށް ދަތުރުފުޅު ކުރައްވަން ނިންމަވައިފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 23 އިން 25އަށް މޯދީ އެ ދެގައުމަށް ކުރައްވާ ދަތުރުފުޅުގެ މަގްސަދަކީ އިންޑިއާއާ އެދެ ގައުމާއެކު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުން ކަމަށެވެ.

މޯދީ ޔޫއޭއީއަށާ ބަހްރެއިންއަށް ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި މިވަނީ ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލަން އިންޑިއާ ސަރުކާރުން ނިންމިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ކަޝްމީރު މައްސަލައިގައި އިންޑިއާއާ ޕާކިސްތާނުގެ ގުޅުން ހީނަރުވެފައިވާއިރު، އެ މައްސަލައިގައި ޔޫއޭއީން ތާއީދު ކުރަނީ އިންޑިއާއަށެވެ. އެހެންނަމަވެސް މީގެ ކުރިން ކަޝްމީރު މައްސަލައިގައި އެގައުމުން ތާއީދު ކުރީ ޕާކިސްތާނަށެވެ.

ޕާކިސްތާނުން އަންނަނީ ކަޝްމީރު މައްސަލައިގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންނެވެ. 57 ގައުމު ހިމެނޭ އޯއައިސީން ކަޝްމީރު މައްސަލައިގައި އިންޑިއާއާ ދެކޮޅަށް އަޑު އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯދީ ޔޫއޭއީއަށް ވަޑައިގަތުމުން، އެގައުމުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑަރ އޮފް ޒައިދު" މޯދީއަށް އަރުވަން އެގައުމުން ވަނީ ނިންމާފައެވެ. ރާއްޖެއިންވެސް މޯދީއަށް އެންމެ މަތީ ޝަރަފު ކަމަށްވާ "ނިޝާން އިއްޒުއްދީން"ގެ ލަގަބު އަރުވާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.