ރިޔާސީ އިންތިހާބު ބާތިލް ކުރަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

21 Oct 2018 | 15:02

ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އިންތިހާބް ބާތިލް ކުރެވޭ ވަރަށް ހެކިނެތުމުން ބަތިލް ނުކުރުމަށް ހުކުމް ކޮށްފިއެވެ.

އަދި މިމައްސަލައިގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވި މި ހުކުމުގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައި ނުވާ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ހުށައެޅިފައި ނެތްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޖިނާއީ ތަހުގީގެއް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގަން އަމުރު ކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ހުކުމުގައިވެއެވެ.

މިމައްސަލައިގައި ރައީސް ޔާމިން ހުށަހެޅުއްވި ކަންކަމުގެ ހެެއްކެެއްގެެ ގޮތުން ހުށަހެޅުއްވީ ތިންހެކީންނެވެ. ނަމަވެސް މިމައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފައި ވަނީ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކި ބަލައި ނުގަތުމަށެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި އެދިފައި ވަނީ އިންތިހާބާ މެދު ކުރެވޭ ޝައްކުތައް ތަހުގީގު ކުރުމަށް ފުލުުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށާއި އަދި އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބޭއްވުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

ނަމަވެސް ފުރަތަމަ އަޑު އެހުމުގައި ސިފައިންނަކަށް މިފަދަ މައްސަލަތައް ތަހުގީގު ކުރެވޭނެ ހައިސިއްޔަތެއް ނެއްކަމުގައި ވިދާޅުވިއެެވެެ.

Advertisement

ކޮމެންޓް