މައުމޫނު ޖާބިރު އަތުން ފައިސާ ނެގި މައްސަލަ ފުލުހުންނަށް

22 Aug 2019 | 19:03

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަތުން ފައިސާ ނެންގެވި ކަަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެެ.

އެ މައްސަލަ ޖާބިރުގެ ފަރާތްޕުޅުން ފުލުހުންނަށް ހުށައެޅީ މިއަދުއެވެ. މައްސަލަ ތަހުގީގުކުރުމަށް އެދި ފުލުހުންގެ އިދާރާއަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން އޭނާގެ އަތުން އެފައިސާ ނަންގަވާފައިވަނީ މަކަރާއި ހީލަތުން ކަމަށެވެ. އަދި އެފައިސާ ނަންގަވައިފައި ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް ވިދާޅުވެ، އަވަސް މުއްދަތެއްގައި އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި ދިނުމަށް ޖާބިރު އެދިވަޑައިގެންފައި ވެއެވެ.

އަދި އެމައްސަލަ ތަހުގީގުކޮށް، ޖާބިރަށް ލިބެންޖެހޭ ހައްގު ހޯދައި ދިނުމަށާއި ތަހުގީގަށް ހެކި ހުށަހަޅުއްވާނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ މައުމޫނު އޭނާގެ އަތުން ފައިސާ ނެންގެވީ އެމަނިކުފާނު ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުއެވެ. 

Advertisement

ކޮމެންޓް