24 Aug 2019 | 16:27
އެމްޓީޑީސީ ހިއްސާގެ ބާޒާރުންވެސް ގެއްލިއްޖެ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީ، ހިއްސާގެ ބާޒާރުން ގެއްލިއްޖެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ޑެއިލީ ޓްރޭޑިންގ ބޯޑަށް ބަލާއިރު، ބޯޑުގައި އެމްޓީޑީސީގެ ނަން ނެތްތާ ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ހިއްސާގެ ބާޒާރުގެ ޓްރޭޑިންގ ބޯޑުން އެމްޓީޑީސީ ގެއްލިފައިމިވަނީ އިންވެސްޓަރުންގެ އިތުބާރު ކުންފުންޏާއިމެދު އެއްގޮތަކަށްވެސް ނެތުމުންކަމަށް ކެޕިޓަލް މާކެޓްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

" އެމްޓީޑީސީ އާއިމެދު އިންވެސްޓްރުންގެ އިތުބާރު ގެއްލިއްޖެ. އެކަމުގެ ހެއްކެއް އެއީ ހިއްސާގެ ބާޒާރުގައި އެމްޓީޑީސީގެ ހިއްސާ މިއަދު ގަންނާނެ އަދި ވިއްކާނެ މީހަކުނެތް. އެމްޓީޑީސީގެ ހިއްސާ ދިހަ ރުފިޔާއަށްވެސް ގަންނާނެމީހަކު މިހާރުނެތް. ޓްރޭޑިންގ ބޯޑުގައި އެމްޓީޑީސީގެ ފެންނަން ނެތީ އެހެންވެ" އެމްޓީޑީސީގެ ހިއްސާދާރެއްގެ އިތުރުން އެކުންފުނީގެ ބޯޑުގައި މީގެކުރިން ސަރުކާރުގެ ފަރާތުން ތަމްސީލުކުރެއްވި ޑިރެކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިއްސާގެ ބާޒާރުގައި އެންމެފަހުން އެމްޓީޑީސީގެ ހިއްސާގެ މުއާމަލާތްކޮށްފައިވަނީ، މިއަހަރުގެ ޖުލައިމަހުގެ ދިހަވަނަ ދުވަހުއެވެ.

ހިއްސާގެ ބާޒާރުގައި މި ފަހަކަށް އައިސް އެމްޓީޑީސީގެ ހިއްސާގެ އަގުތައްވަނީ ރެކޯޑު އަދަދަކަށް ދަށަށްގޮސްފައެވެ. އެމްޓީޑީސީގެ ހިއްސާ މީގެކުރިން 500 ރުފިޔާއާއި ކައިރިކުރާ އަދަދަކަށް ވިއްކާފައިވާއިރު، ހިއްސާގެ ބާޒާރުގައި މިހާރު އެކުންފުނީގެ ހިއްސާގެ އަގުތައްވަނީ 10 ރުފިޔާއަށް ވެއްޓިފައެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީ އުފައްދައި ސަރުކާރުން ވަނީ ތަބަކަކަށް ލާފައިދޭ އުސޫލުން ރިސޯޓް ތަރައްޤީކުރަން ގިނަ އަދަދެއްގެ ރަށްތައް އެކުންފުންޏަށް ދީފައެވެ. މީގެތެރެއިން ރިސޯޓް ތަރައްޤީކުރުމަށް 8 ރަށެއް ދިނެވެ. އަދި ސިޓީހޮޓަލެއް ތަރައްޤީކުރުމަށް ހއ އުލިގަމުން ބޮޑު ބިމެއް ވަނީ ދީފައެވެ. ނަމަވެސް މީގެ ތެރެއިން ތަރައްޤީކުރެވިފައިވަނީ ދެތިން ރަށެކެވެ.

އެމްޓީޑީސީއަށް ޓޫރިޒަމް ވިޔަފާރިކުރަން ސަރުކާރުން ދިން ރަށްތަކުގެ ތެރެއިން އެކުންފުންޏަށް ގިނަ ރަށްތަކަކުން ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވެނީ އުލިގަމް ސިޓީ ހޮޓަލެވެ. އުލިގަމް ސިޓީހޮޓަލުގެ އަމަލީ މަސައްކަތް ފަށައިގެން 30 އިންސައްތަ ނިމިފައިވަނިކޮށް މީގެ 3 އަހަރެއްހާ ދުވަހުގެ ކުރިން ވަނީ އެތަނުގެ މަސައްކަތް މުޅިން ހުއްޓިފައެވެ.

އެމްޓީޑީސީ އުފެއްދިތާ 13 އަހަރު ފުރިފައިވާއިރު، ކުންފުނި އުފެއްދި ހަޤީޤީ މަޤްސަދު އެއްވެސް ވަރަކަށް ހާސިލްވަމުން ނުދާކަމަށް އެކުންފުނީގެ އާއްމު ހިއްސާދާރުން ކޮންމެ އަހަރެއްގެވެސް އަހަރީ އާއްމުޖަލްސާގައި ފާހަގަކުރެއެވެ. އެމްޓީޑީސީގެ އާއްމު ހިއްސާދާރުން ފާހަގަކުރާގޮތުގައި އެކުންފުންޏަށްވުރެ ފަހުން ޓޫރިޒަމް ވިޔަފާރިއަށް ނިކުތް ކުންފުނިތަކުން މިހާރުވެސް ދަނީ ޓޫރިޒަމް ވިޔަފާރީގައި ކާމިޔާބުކަމާއިއެކު ރިސޯޓްތައް ތަރައްޤީކޮށް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.