25 Aug 2019 | 20:23
ގުޑިއަރުވަނިކޮށް ކުޑަ ކުއްޖެއްގެ ކަރަށް ޒަހަމްތަކެއް ލިބިއްޖެ

ގުޑި އެރުވުމަކީ އިންޑިއާގައި ވަަރަށް މަޝްހޫރު ކުޅިވަރެކެވެ. ގުޑި އެރުވުމުގެ ފޯރި ގަދަވެ، އެކަން ކުރުމަށް ގެންގުޅޭ އުކުޅުތައްވެސް ކުރިއަރައިގެން ގޮސް، ގުޑީގެ ވާ ހެދުމަށް ބިއްލޫރި ނުވަތަ މެޓަލް ބޭނުން ކުރުމަކީ އިންޑިއާގައި ވަރަށް އާންމު ކަމެކެވެ. އެގޮތަށް އަމަލު ކުރަނީ ވާދަވެރިންގެ ގުޑިތައް ކަނޑާލުމަށެވެ.

ގުޑިއެރުވުމުގައި ބިއްލޫރި ބޭނުން ކުރުމުގެ ސަބަބުން އިންޑިއާގައި ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. މިމަހުގެ 15 ވަނަ ދުވަހު އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކޮށްފައިވާއިރު، އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ބަޔަކު ވަނީ އިނންޑިއާގެ ގައުމީ ދިދައިގައި ހިމެނޭ ކުލަތައް ބޭނުންކޮށްގެން ހަދާފައިވާ ގުޑި އަރުވާފައެވެ.

އެގައުމުގެ ވެރިރަށް ދިއްލީގައި، ބަޔަކު ގުޑީގެ ވަލުގައި ބިއްލޫރި އަޅައިގެން ގުޑި އަރުވަމުން ދަނިކޮށް ކުޑަ އަންހެން ކުއްޖެއްގެ ކަރު ވަނީ ޒަހަމްވެފައެވެ. އުމުރުން ހަތަރު އަހަރުގެ އެ އަންހެން ކުއްޖާއަށް އަނިޔާވީ އޭނާގެ ބައްޕައާއެކީގައި ސައިކަލުގައި ދަނިކޮށް ބިއްލޫރި ވާގަނޑަކުން ހަދާފައިވާ ގުޑިއެއް އަރުވަން ދަނިކޮށް، އެގުޑީގެ ވަލުގައި ޖެހުމުންނެވެ. އެހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުއެވެ.

އިންޑިއާގައި އެންމެ ފަހުން ފާހަގަކުރި މިނިވަން ދުވަހުގައި އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ކަރަށްވެސް ބިއްލޫރިން ހަދާފައިވާ ގުޑީގެ ވަލަކުން ޖެހި ސީރިއަސް ޒަހަމްތަކެއް ވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ފުރަތަމަ މެޗުންވެސް، ރޮނާލްޑޯގެ ސަޕޯޓަރުންނަށް މާޔޫސްކަން
މިމެޗްގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ޕޯޗުގަލް އަށްވެސް އެޓީމްގެ އަސްލު ކުޅުން ނުދެއްކުނެވެ
17 Jun 2026
ކަނޑުއަޑީގެ ހޮހަޅައިގައި ބަޔަކު މަރުވި ހާދިސާ: ރައީސް، ސިފައިންނާ ފުލުހުންގެ އަގު ވަޒަންކުރައްވައިފި
ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފި އެވެ.
17 Jun 2026
ރާއްޖެއެކޭ އެއްގޮތަށް ލަންކާއަށްވެސް މިދުވަސްވަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެއްޖެ
އަވައްޓެރި ސްރީލަންކާއަށް މިހިނގާ ޖޫންމަހުގެ އެކަކުން 14 ވަނަ ދުވަހުގެ ނިޔަލަށް 54،465 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 55،353 ގައެވެ.
17 Jun 2026
ރ. އަތޮޅުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް
މި ޖޫން މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރާނެއެވެ. އެއީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.
17 Jun 2026
ގުނަވަން ބަދަލުކުރާ ބިލް އަނބުރާ ފޮނުވާލި ސަބަބު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، ގުނަވަން ނުދެވޭ މީހުންގެ ތެރެއިން ބަންދުމީހުންނާއި، ގައިދީން އުނި ކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Jun 2026
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު މަޑުޖެހުނު ނަމަވެސް، އަންނަ 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
17 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ.
17 Jun 2026
އިއާދަކުރަނިވި ހަކަތައިގެ އިސްލާހީ މަސައްކަތްތަކުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވާނެ
ސަބްސިޑީގެ ނިޒާމާ ގުޅޭގޮތުން އައި.އެމް.އެފް އިން ލަފާދީފައިވަނީ، މިހާރު ހުރި ނިޒާމުތައް މުރާޖައާކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ނާޒުކު އާއިލާތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމަށެވެ. އަދި މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅާއިރު، އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.