10 Sep 2019 | 05:47
ވާހަކަ: ލޯބީގެ ނަމުގައި 1

ގަޑިން މެންދަމުން އަނބުރާ ދޭއްް ޖަހަނީއެވެ.

ގޭގެ ސިޓިން ރޫމްގައި ހުރި ރަތްކުލައިގެ، ތަނަވަސް ސޯފާގައި އަހަރެން އޮށޯވެލައިގެން އޮތްއިރު، އަަހަރެންގެ ވަށައިގެން ވަނީ ހަމަ ހިމޭންކަމެެވެ. ގޭގައި މިދުވަސްކޮޅު އިތުރު މީހަކުވެސް ނޫޅެއެވެ. މަންމައާއި ބައްޕަވެސް ވީ ހައްޖުގެ އަޅުކަން އަދާ ކުރަން މައްކާއަށް ގޮހެވެ. ވަޒީފާގައި ބުރަ ދުވަސްކޮޅެއް ނޫންނަމަ އަހަރެންވެސް ހުރީ މަންމަމެންނާއެކު ހައްޖަން ދާން ނިންމައިގެންނެވެ.

އެހެންނަމަވެސް އެ ނަސީބު ނުލިބުނީ ތަނަވަސްކަން ހުރެމެ، އަހަރެންގެ ދިިރިއުޅުމުގެ ކަންކަން ހުރި ގޮތުންނެވެ. އޮފީހެއްގެ އިސް މަގާމެއްގައި އުޅުމަކީ ތެދުވެރިކަމާއެކު މަސައްކަތް ކުރާ މީހަކަށް ކުޑަ ކަމެއް ނޫނެވެ. އަހަރެންނަކީ މާލޭގެ އޮފީހެއްގައި އެންމެ އިސް ލެވެލްގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން އަންނަ ޒުވާނުންގެ ލިސްޓުން ޖާގަ ލިބޭނެ މީހެކެވެ. 26 އަހަރުވިއިރު، މަތީ މަގާމަކަށް ވާސިލްވެވުނީ އަހަރެންގެ ހިތްވަރުން ކަމުގައި ދެކެމެވެ.

ދަންވަރުގެ މިފަދަ ހަަމަ ހިމޭން ވަގުތެއްގައި ނޫނީ އަހަރެންނަށް ހަމަ ނޭވާވެސް ލެވޭކަށް ނޯވެއެވެ. ފޯނުން އިންޓަނެޓް ހާވާލައި، ދުނިޔޭގެ ކަންކަން ހިނގާ ގޮތް ބަލައިލަން ލިބޭ ވަގުތު ކޮޅަކީވެސް މިއީއެވެ. ލޯބިވެރިއެއް ނެތްކަންވެސް ނަސީބެކޭ ހިތަށް އަރައެވެ. އެހެން ނޫންނަމަ މި ވަގުތު ކޮޅުވެސް އެހެން މީހަކަށް ހުސް ކުރަން ޖެހުނީހެވެ. އަހަރެންގެ ހިތުގައި ހާއްސަ މީހަކަށް ޖާގަ ދެވިފައިވާ ނަމަވެސް، އެއީ އަހަރެންގެ ކައިރީގައި ފެންނަން ހުންނަ ފަރާތެއް ނޫނެވެ.

އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަހަރެންނާ ވަކިވެ ދިޔަތާ ފަސް އަހަރުވެއްޖެއެވެ. އެހެންނަމަވެސް އެ ހަނދާންތައް އަދިވެސް އަހަރެންގެ ހިތުން މުޅިން ފިލައިގެން ނުދެއެވެ. އޭނާގެ މަތިން ހަނދާންކޮށްފައި ލޮލުން ކަރުނަ ނައިނަމަވެސް، އެ ނަން އިވޭ ކޮންމެ ފަހަރަކު އަދިވެސް ގައިން ހީބިހި ނަގައެވެ.

އަދިވެސް ޒަހުނާގެ ފޮޓޯތައް އަހަރެންގެ ފޯނުގައި އެބަހުއްޓެވެ. ކޮންމެ ދުވަހަކު އެ ފޮޓޯތަކަށް ނުބެލިޔަސް، އެ ޑިލީޓް ކޮށް ނުލާ މިހުންނަނީ އޭނާގެ ހަނދާންތަކާ ދުރަށް ނުދެވޭތީއެވެ. ހޯދާ ހޯދާވެސް ޒަހުނާ ކަހަލަ އަންހެން ކުއްޖެއް އަހަރެންނަކަށް ނުފެނުނެވެ. ޒަހުނާ އަކި ސާދާ މިޒާެއްގެ ވެރިއެކެވެ. ހިތްހެޔޮ ކުއްޖެކެވެ. އަދި އެހާ ރީތިވެސް މެއެެވެ.

ޒަހުނާގެ ހިޔާލަށް ގެއްލިފައި އޮއްވާ އަހަރެން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ދޮރުގެ ރަނގަބީލު އެޅި އަޑަށެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ބަލާލެވުނީ ގަޑިއެވެ. އޭރު ގަޑިން ދެގަޑި ބައިވަނީއެވެ. މިގަޑީގައި އަންނާނީ ކާކުހެއްޔެވެ؟ މިގަޑީގައި އަހަރެން ހޯދަން އަންނާނެ މީހެއް ނުހުންނާނެކަން ޔަގީނެވެ.

އަހަރެން ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތީމެވެ. ދޮރު ހުޅުވުމުގެ ކުރިން ޑޯ ހޯލްއިން ގެއަށް އައީ ކާކުތޯ ބަލާލީމެވެ. އެއީ އަންހެން ކުއްޖެކެވެ. އިތުރު ހައިރާންކަން ލިބުނީ އެއީ އަހަރެން ދަންނަ ކުއްޖަކަށް ނުވާތީއެވެ. ވަރަށް ރީތި، ބުޅި އިސްތަށިގަނޑެކެވެ. ދޮން މޫނެކެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނެތަސް ބަލާލަން ރިީއްޗެވެ. ލައިގެން ހުރީ ރަތްކުލައިގެ ހެދުމެކެވެ. އަތުގައި ކުޑަ ދަބަހެއްވެސް އޮތެވެ. އޭނާ ހަމަ ޔަގީނނުންވެސް އެ ހުރީ ދިޮރު ހުޅުވާނެ ކަމުގެ އިންތިޒާރުގައެވެ.

އަހަރެންގެ ހިތަށް އެެރިއެވެ. މިއީ އަނެއްކާ ޖިންނިއެއް ނޫންބާއެވެ؟ ލައިގެން ހުރީވެސް ރަތްކުލައިގެ ހެދުމެކެވެ. ދެން ހިތަށް އެރިއެވެ. ޖިންނިއެއް އަަހަރެން ހޯދަން އަންނާނީ ކީއްކުރަންހެއްޔެވެ؟ އެހެންވިއްޔާ އެއީ ޖިންނިއަކަށް ވެގެން ނުވާނެއެވެ.

ކޮންމެއަކަސް، ވަރަށް ވިސްނުމަށްފަހު އަހަރެން ދޮރު ހުޅުވައިފީމެވެެެ. އެ އަންހެން ކުއްޖާ ގޭތެރެއަށް ކުޑަކޮށް ނަޒަރު ހިންގައިިލިއެވެ. އަދި އަހަރެންނާ ދިމާއަށް ކުއްލިއަކަށް ބަލައިލިއެވެ.

"އިޒްކާން އަކީ ތިއީތަ؟" އެ އަންހެން ކުއްޖާ އަވަސް އަވަހަށް އެހިއެވެ.

އަހަރެންގެ ނަން އެކުއްޖާއަށް އެނގުނީތީ ހައިރާންވިއެވެ. އެއީ އަހަރެން ދަންނަވެސް ކުއްޖެއް ނޫންވީމައެވެ.

"އާން.. މީ އިޒްކާން. އަހަރެން ތި ހޯދަނީ؟" ޝައްކެއްގެ މަތީގައި ހުރެ އަހަރެން އަހާލީމެވެ.

އެވަގުތު އެ އަންހެން ކުއްޖާގެ މޫނުމަތިން ފެނުނީ ރަކި ހިނިތުންވުމެކެވެ.

"އާން. ތި އިޒްކާން ހަމަަ މި ހޯދަނީ" އެ އަންހެން ކުއްޖާ ބުނެލިއެވެ.

(ނުނިމޭ.....)

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.