ހޮނޑައިދޫން ހައްޔަރުކުރީ އިރުއަރާ މަންޒަރު ބަލަންގޮސް ތިއްބާ: ޖާބިރު

04 Sep 2019 | 17:41

2012ވަނަ އަހަރުގެ ތެރޭގައި ހދ.ހޮނޑައިދޫއިން ހައްޔަރުކުރެވިފައިވަނީ އިރުއަރާ މަންޒަރު ބަލަންގޮސް ތިއްބައިކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ހޮނޑައިދޫގެ ހާދިސާ ހިނގައިިދިޔަ އިރު ހިއުމަން ރައިޓްސް ކޮމިިޝަނުގެ ބޭފުޅުން ވަލުދޮރާށިން ވަދެ ތިބިކަން ވަރަށް ސާފު ކަމަށާއި އެކަން ކުރި ބޭފުޅުން ހިއުމަންރައިޓްސް އޭކިޔައިގެން އަނގަހުޅުވަން ލަދުގަންނަން ޖެހޭނެކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެބޭފުޅާއާއި އިބްރާހިމް ހުސެއިން ޒަކީއާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އަދި އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ޙާމިދު އަބްދުލްޣަފޫރުގެ ގައިގައި ތަޅާ އަނިޔާކޮށް ހައްޔަރުކުރީ އިރުއަރާ މަންޒަރު ބަަލަން ތިއްބައެވެ. އެބޭފުޅުން ހައްޔަރުކޮށްފައިވަނީ އޭރުގެ ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި ރައީސް ވަހީދު ބޭރުކުރަން އުޅުމުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހުންނެވި ތަނަކުން ދަމާކޫއްތާ ގެނެސް ހައްޔަރުކުރާނެ ކަަމަށާއި މަޖިލީހަށް ވަޑައިގެންނެވީ އެކަން ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް