N/A
N/A
ހަބަރު 16 Sep 2019 | 17:16

ބޮކްސިންގެ ދުނިޔޭގައި ހަބީބަކީ ވަރަށް ތަފާތު މީހެއް

ބޮކްސިންގައި މިހާރު ދުނިޔޭގައި އެންމެ ނަން ވިދާލާ މީހުންގެ ލިސްޓުގައި ރަޝިޔާގެ މުސްލިމެއް ކަމުގައިވާ ހަބީބުގެ ނަން ހިމެނޭނެ ކަމާމެދުގައި ޝައްކެއް ނެތެވެ.

ހަބީބަކީ ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަންއެކެވެ. ބޮކްސިން ކުޅުނަސް، އޭނާ އަކީ ވަރަށް ދީން ވެރިވެސް މީހެކެވެ. ހަބީބްގެ އެތައް މިލިއަން ފޭނުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. ބޮކްސިން ފަދަ ވަޔަލެންޓް ގޭމެއް ކުޅޭއިރުވެސް، ހަބީބަކީ ވަރަށް މަޑުމައިތިރި، ހިތްހެޔޮ އަދި މައިންބަފައިންނަށްވެސް ހެޔޮކޮށް ހިތާ ޒުވާނެކެވެ.

މި ލިޔުމުގައި މިބަލާލަނީ ހަބީބާ ގުޅޭ ބައެއް ކަންކަމަށެވެ.

ކުރިންވެސް އޭނާ އަކީ ދީންވެރި މީހެއްކަން މި ލިޔުމުގައި ފާހަގަ ކޮށްފައިވާނެއެވެ. ހަބީބު ރޯދަމަހުގައި ބޮކްސިން ގޭމެއްގައި ބައިވެރި ނުވާކަން އެނގޭހެއްޔެވެ؟ އޭނާ އެގޮތަށް ކަންތައް ކުރަނީ ރޯދައަށް ހުރެގެން ވަރުބަލިވުމުގެ ސަބަބުން، ރޯދަ ދޫކޮށްލަން ޖެހިދާނެތީއެވެ. އަދި ރޯދަމަހުގެ ރޭގަނޑުގައި ޓްރެއިނިންވެސް ކުރިއަށް ގެންދަނީ އަޅުކަމަށް ދަތި ނުވާ ގޮތަށެވެ.

ބޮކްސިން ގޭމެއް ފެށުމުގެ ކުރިން ﷲގެ އިރާދަފުޅާއެކު، އޮޕޯނެންޓް ބަލި ކުރާނެ ކަމަށް ހަބީބު ބުނާތީ ގިނަ ބަޔަކު އޭނާގެ އެ ސިފަތައް ވަރަށް ފާހަގަކުރެއެވެ.

ހަބީބަކީ ރަޝިޔާގެ އެތުލީޓުންގެ ތެރެއިން، އިންސްޓެގްރާމްގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ ފަރާތެވެ. އެގޮތުން ތިން މިލިއަނަށްވުރެ ގިނަ އިންސްޓެގްރާމް ފޮލޯވަރުން އޭނާގެ ތިބެއެވެ.

އެނގޭހެއްޔެވެ؟ ހަބީބަކީ ފުޓްބޯޅަ ކުޅޭ މީހެއް ނޫނަސް، އޭނާ އެކުޅިވަރަށް ވަރަށް ލޯބި ކުރެއެވެ. އަދި ވަރަށް ގިނައިން ފުޓްބޯޅަ ބަލައެވެ. ހަބީބަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގާތް ރަހްމަތްތެރިއެކެވެ.

އުމުރުން 30 އަހަރުގެ ހަބީބު ކައިވެނި ކުރީ 2013 ވަނަ އަހަރުއެވެ. މިއަހަރު ހަބީބުއާއި އޭނާގެ އަންހެނުން ވަނީ ފަސް ވަނަ އަހަރީ ދުވަސްވެސް ފާހަގަކޮށްފައެވެ. އެދެމީހުންގެ ދެކުދިން ތިބެއެވެ. އެހެންނަމަވެސް ހަބީބު ދުވަހަކުވެސް އޭނާގެ އަންހެނުންނާއި ދަރިންގެ ފޮޓޯ އިންސްޓެގްރާމްއަކަށް ނުލައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.