N/A
N/A
ހަބަރު 10 Sep 2019 | 20:16

ފުލުުހުންގެ އޮޕަރޭޝަން: އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލައާއި ގުޅިގެން އއެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

މަރުތައް ބަލާ ކޮމިޝަނުގެ އެދުމަށް ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދަނީ މާލެ، އަދި އައްޑޫ ސިޓީގައެވެ. މިހާރު، ފަސް ތަނެއް ބަލަަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، އެއީ ކޮން ތަންތަނެއް ކަމެއް ނުުބުނެއެވެ.

އެހެންނަމަވެސް މާލޭގެ ސީކްރެޓް ރެސިޕީ ކައިިރިންނާއި، ސޯސަންމަގުގައި ހުރި ގެއެއްގެ ކައިރިން މޫނު ނިވައި ކޮށްގެން ތިބި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނިފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މިހާރު ކުރިއަށްގެންދާ އޮޕަރޭޝަަަނަކީ މަރާލާފާއިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަަ މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި މީހުން ބަލާ ފާސް ކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މޫނު ނިވައިކޮށްގެން ތިބި ފުލުުހުން ނުކުމެ، ތަންތަން ބަލައި ފާސްކުރަމުން ދަނީ މަރުތައްބަލާ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަނުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓާއި، ސްޕެޝަލިސްޓް އޮޕޕަރޭޝަން ޑިޕާޓްމެންޓާއި، ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން މި އޮޕަރޭޝަނުގައި ބައިވެރިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ބަލައިފާސް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު، މާލޭ އަދި އައްޑޫ ސިޓީގެ އާންމު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން މމިކަމަށް އެހީތެރިވެދިނުމަށް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާނަމަ، 3322111 ނުވަތަ 119އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރަންވެސް ފުލުހުން ވަނީ އެދިފައެވެ.

މަރުކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާއި ގުޅުންހުރި ތަހުގީގަށް ފުލުހުން ނުކުމެ ބަލައި ފާސް ކުރަމުން އަންނައިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި
10 Nov 2026 ހަބަރު

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
10 Nov 2026 ހަބަރު

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ
10 Nov 2026 ހަބަރު

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅުކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވިނަމަވެސް މިހާރު އެކަންކަން ހައްލުވެފައިވާކަމަށެވެ

މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
10 Nov 2026 ހަބަރު

މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުނެރެފިއެވެ.

ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިގެން ފަރުވާދެނީ
10 Nov 2026 ހަބަރު

ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިގެން ފަރުވާދެނީ

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ކަރަށާއި މޭމަތި ފިހިފައިވާ ކަމަށާ، މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.