ރިޟްވާންގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަތްކެއް ނުކުރޭ!

15 Sep 2019 | 16:43

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ގެއްލިފައިވާ މީހުންނާއި މަރުތަކާއިބެހޭ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ދެ ފުލުހުންގެ އިންޓެލިޖެންސް އޮފިޝަލުން މަގާމުން ވަކި ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު ވިދާޅުވީ އެފަރާތްތައް މިހާތަަނަށް ވަކިކޮށްފައި ނުވާނެކަމަށެވެ.

މަރުތަކާއިބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިފްއަތު (ސާވިސް ނަމްބަރު 3246) ވަނީ ރިޟްވާންގެ ފޯނު ކޯލުތަކަށް އަޑުއަހަމުން ގޮސްފައެވެ.

އަދި ރިޟްވާން ގެއްލުމުން އޭނާ ސީރިޔާގައި މަރުވެއްޖެކަމަށް ދެއްކުމަށް ޕާސްޕޯޓެއް ހެއްދުމަށް މި ދެ އޮފިސަރުން މަސައްކަތް ކުރިކަމަށް ރިޕޯޓްގައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެ ދެ ފުލުހުން ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަކިކޮށް، އިދާރީ ތަހުގީގެއް ފަށާފައެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ސަން އިން ރިޕޯޓްކުރި ގޮތުގައި އެ ދެ ފުލުހުން ވަޒީފާއިން ވަކި ކުރަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް

Advertisement