16 Sep 2019 | 15:54
ގީއެފްސީ 2019: ފުރަތަމަ ރޭގެ މެޗުތައް ދިއްގަރު، ކޮނޑޭ، ނޭކުރެންދޫ، ނިލަންދޫން ކާމިޔާބުކޮށްފި

2015ވަނަ އަަހަރުން ފެށިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވަމުންގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 66 ޓީމާއެކު ރޭ ފަށާފައިވާއިރު ރޭ މިވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ.

އެގޮތުން ރޭ ކުޅުނު މެޗުތަކުން މ. ދިއްގަރު، ގއ. ކޮނޑޭ، ހދ. ނޭކުރެންދޫގެ އަދި ގއ. ނިލަންދޫން ވަނީ ރޭ ގެ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފައެވެ.

ރޭ ކުޅެފައިވަނީ މ އަތޮޅާއި ހދ އަދި ގއ އަތޮޅުގެ ބައެއް މެޗުތަކެވެ. މި ތިން އަތޮޅުގެ މެޗުތައް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންކަން ފާހަގަކޮށްލަންޖެހެއެވެ.

މ. ދިއްގަރު - މަޑުއްވަރީ

މ. އަތޮޅުގެ ގްރޫޕް އެކެއްގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ދިއްގަރުގެ ޓީމެވެ. ދިއްގަރު ވަނީ މަޑުއްވަރީގެ މައްޗައް 3-4 އިން ކުރި ހޯދާފައެވެ. ދިއްގަރަކީ ނިމިދިޔަ އަހަރުގެ އަތޮޅު ޗެންޕިއަންކަން ފާހަގަކޮށްލަންޖެހެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްގަރަށް ރޭގެ މެޗުން ދެ ގޯލް ޖަހައިދިން އިބްރާހީމް ރިފްއަތުއެވެ.

މ. މުލި - ނާލާފުށި

މ އަތޮޅު ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުގައި ނާލާފުއްޓާއި މުލި ވާދަކުރި މެޗު ވަނީ ދެ ޓީމަށް ގޯލެއް ނުޖެހި އެއްވަރުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުލީ ޓީމުގެ ޝާހް އަހުމަދު އެވެ.

ގއ. ކޮނޑޭ - ކަނޑުހުޅުދޫ

ގއ. އަތޮޅުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ކޮނޑޭ ވަނީ ކަނޑުހުޅުދޫގެ މައްޗައް 4-1 އިން ކުރި ހޯދާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ކޮނޑޭގެ ޝިނާޒް އަހްމަދުއެވެ.

ގއ. ނިލަންދޫ - ކޮލަމާފުށި

ގއ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެ ވަނަ މެޗުގައި ރޭ ނިލަންދޫން ވަނީ 6-2 އިން ކޮލަމާފުށި ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ނިލަންދޫގެ މައުފޫޒް އާދަމްއެވެ.

ހދ. ނޭކުރެންދޫ - ކުމުންދޫ

ހދ. އަތޮޅުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ނޭކުރެންދޫން 4-1 އިން ކުމުންދޫ ވަނީ ބަލިކޮށްފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނޭކުރެންދޫގެ އިމާޒް އެވެ.

ހދ. ނާވައިދޫ - ނޮރިވަރަންފަރު

މިދިޔަ އަހަރުގެ އަތޮޅު ޗެންޕިއަން ނައިވާދޫ އާއި ނޮޅިވަރަންފަރު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫ ޓީމުގެ އަހުމަދު ހަމީދު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.