17 Sep 2019 | 20:06
ޖީއެފްސީ 2019: 8 ގޯލާއި އެކު ދާންދޫ ޓީމް ހަމަޖެހިލައިފި

2015ވަނަ އަަހަރުން ފެށިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވަމުންގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 66 ޓީމާއެކު ރޭ ފަށާފައިވާއިރު ރޭ މިވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ.

އެގޮތުން ރޭވެސް ވަނީ މި މުބާރާތުގެ ވަރަށް ފޯރިގަދަ މެޗްތަކެއް ކުޅެފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ގއ.ދާންދޫ ޓީމެވެ. އިދިކޮޅު ޓީމްގެ ކޮޅަށް ޖެހި ލަނޑު ގޯންޏަކާއި އެކު އެ ޓީމް ވަނީ ތާވަލްގެ ކުރީގައި ހަމަޖެހިލާފައެވެ.

ދާންދޫ- ގެމަނަފުށި:

މި މުބާރާތުގެ ގއ.އަތޮޅުގެ ދެވަނަ ގްރޫޕްގައި ދާންދޫ އަދި ގެމަނަފުށި ބައްދަލުކުރި މެޗު ދާންދޫއިން ކާމިޔާބުކުރީ 8-2ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދާންދޫ ޓީމުގެ އަހުމަދު ހަސަނެވެ. އޭނާއަކީ ފުރަތަމަ ޑިވިޝަންގެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މަކުނުދޫ- ނެއްލައިދޫ:

 ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނެއްލައިދޫ ޓީމްގެ މުހައްމަދު ވިސާމެވެ.

ކެލާ- މާރަންދޫ:

ކެލާއާ ވާދަކުރި މެޗު މާރަންދޫއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.  މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސައިން ހަސަނެވެ.

ތުރާކުނު- އިހަވަންދޫ:

ތުރާކުނާއި އިހަވަންދޫ ބައްދަލުކުރި މި މެޗު އިހަވަންދޫ ޓީމުން ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިހަވަންދޫ ޓީމުގެ ހާމިދު އެވެ.

މި މުބާރާތުގައި ށ. އަތޮޅުގެ ޓީމުތަކުން ފުރަތަމަ މެޗުތައް ރޭ ކާމިޔާބުކުރީ މަރޮށި އަދި ގޮއިދޫ އެވެ. ފީވަކާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ގޮއިދޫ ކާމިޔާބުކުރި އިރު މަރޮށިން ބިލެތްފަހި ބަލިކުރީ 4-1 އިންނެވެ. މި މެޗުތަކުގެ މޮޅު ކުޅުންތެރިންނަކީ   ގޮއިދޫ ޓީމްގެ އިބްރާހީމް އަލީ އަދި މަރޮށި ޓީމްގެ މުހައްމަދު މާދިހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.
21 Sep 2026
މެޑަމް ސާޖިދާ ނިއޯކެއަރ ދާއިރާއަށް ތަމްރީނު ލިބޭ މީހުން ބިނާކުރަން ގޮވައިލައްވައިފި
ނިއޯކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި ސާޖިދާ ވިދާޅުވީ ޒަމާނީ ވަސީލަތްތައް ހޯދުމާ އެއްވަރަށް ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Sep 2026
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.