22 Sep 2019 | 20:28
އާދައިގެކޮށް ފެނުނު މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ވެސްޓް ހަމް ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހަމް ޔުނައިޓެޑް އަދި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗް ވެސްޓް ހަމް ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ފަރާތުން އާދަޔާހިލާފު ދަށް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމް ފެނުނީ އެއްވެސް މިސްރާބެއް ނެތި ކުޅެމުން ދިޔަ މަންޒަރެވެ. ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ރޫހު އެއްވެސްވަރަކަށް ފެނިފައިނުވާއިރު މުޅި މެޗުގައިވެސް އެޓީމުގެ ކޯޗް ޝޯލްޝާގެ މޫނުމަތިން ފެނިފައިވަނީ މާޔޫސްކަންވެރިވެފައިވާ މަންޒަރެވެ.

ވެސްޓް ހަމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިނުވި ނަމަވެސް އެޓީމް ވަނީ ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފާފައެވެ. އެގޮތުން ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ތިން ހަމަލާވެސް ޓާގެޓަށް ފޮނުވާލިއިރު އޭގެތެރެއިން ދެ ހަމަލާގައި ވެސްޓް ހަމް ވަނީ ކާމިޔާބުކަމާއެކު ބޯޅަ ޔުނައިޓެޑުގެ ގޯލު ދާގަނޑަށް ވައްދާލާފައެވެ.

ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ޔޮމަލެންކޯ ވެސްޓް ހަމްއަށް މެޗުގެ ކުރި ހޯދަދިން އިރު އެޓީމުގެ ދެވަނަ ގޯލް، ލިބުނު ހިލޭ ޖެހުމަކުން 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރެސްވެލްއެވެ. މި މެޗުގައި ޔުނައިޓެޑުގެ ފޯވަޑް ރަޝްފޯޑަށް އަނިޔާވެ އޭނާ ވަނީ މެޗުގެ މެދުތެރެއިން ކުޅުމައި ވަކިވާން ޖެހިފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު ހަ މެޗުން ލިބުނު ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.

ލީގުގައި ދެން ކުޅެވުނު މެޗުގައި ކްރިސްޓަލް ޕެލަސް އަދި ވުލްވްސް ބައްދަލުކުރި މެޗް ނިމުނީ 1-1 ކުން އެއްވަރުވެގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ