Advertisement

މިއަހަރުގެ ބަޖެޓް އަށްބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ: ޝިޔާމް

29 Sep 2019 | 13:46

މިއަހަރު ދައުލަތުގެ ބަޖެޓު އަށްބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ދައުލަތުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނުހޯދާ ކަމަށެވެ. އަދި މި ސަރުކާރަކީ "މަތި ބަރު" ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވައި، އޭނާ ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ބޮޑުވަނީ އެހެންވެގެން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރަށް 40 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅަން އުޅޭ ކަމަށެވެ.

ޝިޔާމް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، މީގެ ކުރިން އޭނާ ވަނީ މިއަހަރަށް ފާސްކުރި ބަޖެޓު އެއްކޮށް ހުސްކޮށްލާފައިވާ ކަމަށާއި، އެ ބަޖެޓުން ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށް ބުނެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.   

Advertisement

ކޮމެންޓް