01 Oct 2019 | 15:02
އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަށް ހޭލުންތެރިކުރުވަން ބީއެމްއެލްއިން އިސް ރަށްވެހިންނާއި ބައްދަލުކޮށްފި

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އޭޖްޑް ކެއަރ މޯލްޑިވްސް ގުޅިގެން މާލީދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ބޭންކިންގ އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތުވަނީ ދީފައެވެ. އަދި ވަކީން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ބޭންކުން ވަނީ އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފައެވެ.

އަދި މީގެ އިތުރުން އިންޓަރނެޓް، މޮބައިލް އަދި ސެލްފް ސަރވިސް ބޭންކިންގ ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ