N/A
N/A
ހަބަރު 01 Oct 2019 | 18:12

އައިޝާ ކުރާ ކަމެއް ކުރައްވާނީ ތެދުވެރިކަމާއެކު- ގާސިމް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަކީ ކުރައްވާ ކަމެއް ތެދުވެރިކަމާއެކީގައި ކުރައްވާނެ ކަނބަލެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެެވެ.

ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލު ކުރުމަށް މ.ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވަނީ އަނބިކަނބަލުން އައިޝާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ގާސިމް ވަނީ މިނިސްޓަރު އައިޝާ ބަދުނާމު ކުރުމުގެ ގޮތުން ލީކު ކުރި އޯޑިއޯ ނެރުނި މީހުން އަތަށް ގޮވައި، އެކަމަނާއަށް އެތައް ބައެއްގެ ލޯބި ލިބިއްޖެ ކަމަށް ވިދާޅުވެފައެވެ.

ސަންގު ޓީވީން ވަނީ، ސްޓާފް މީޓިންއެެއްގައި އައިޝާ ދެއްކެވި ވާހަކަތަކެއް ލީކު ކޮށްފައެވެ. ޕާޓް ވަން އޮފް ތްރީގެ ނަމުގައި އާންމު ކުރި އޯޑިއޯގައި މިނިސްޓަރު އައިޝާ ކޯފާ އިސްކުރައްވައި ވިދާޅުވީ މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަ ކުރާ ކަމަށްވާނަމަ، ވަޒީފާއިން ވަކި ކުރައްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު ވަނީ، ސަރުކާރުގެ ތެރެއިންވެސް، ގާނޫނީ ދާއިރާގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި ވެރިއަކު މާ ރަނގަޅަށް މަސައްކަތް ކުރާނަމަ، އެމީހަކު ދެކެ މީހުން ރުޅި އަންނާނެ ކަމަށެވެ.

"ވަރަށް ހިތާމައާއެކީ މި ދަންނަވަނީ. އަމާ ބުނީމަ ފަރަށްދާހެން ކަންކަން ކުރާ މީހުން އުޅޭ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ވަޒީފާއިން ވަކި ނުކުރެވޭނެ ބައެއް ނޫން ކަމަށާއި، ގާބިލު ބައެއް ނޫންނަމަ ގާނޫނުގެ ތެރެއިން އެމީހުން ވަކި ކުރެވިދާނެ ކަމަށެވެ.

"ޓްރާންސްޕޯޓު މިނިސްޓަރު ކުރައްވަނީ ރަނގަޅު މަސައްކަތެއް. އެކަމަނާ މީހަކަށް އަނިޔާއެއްދޭން ކަމެއް ނުކުރައްވާނެ. ޓްރާންސްޕޯޓް މިނިސްޓަރަށް ޝުކުރާއި އައްސަރިބަހާ ސާބަސް ދަންނަވަން" ގާސިމް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަރުކާރުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން 15 ދުވަހަށް ބަންދުކޮށްފި
21 Oct 2026 ހަބަރު

ސަރުކާރުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން 15 ދުވަހަށް ބަންދުކޮށްފި

މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް
21 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް

ގދ. ފިޔޯރީއަށް ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ރަށުގެ ގޭބިސީތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ހާމަކޮށްފިއެވެ.

‏"ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވަނީ، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
21 Oct 2026 ހަބަރު

‏"ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވަނީ، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ އެވެ.

ގުރޫޕަކުން 22 އަހަރުގެ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް، ކުޑަކުދީންނަށްވެސް ޖިންސީގޯނާކުރި
21 Oct 2026 ހަބަރު

ގުރޫޕަކުން 22 އަހަރުގެ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް، ކުޑަކުދީންނަށްވެސް ޖިންސީގޯނާކުރި

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް ބުންޏެވެ.

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި

މި ޒިޔާރަތުގައި އެކަމަނާ ވަނީ ޑްރެޕްގެ މައިގަނޑު މަސައްކަތްތަކާއި، އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު ފަސްޓްލޭޑީއާ ވަނީ ޙިއްޞާކުރައްވާފައެވެ.

ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވައިފި
21 Oct 2026 ހަބަރު

ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވައިފި

ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

ބަނގުރަލާއެކު ހައްޔަރުކުރީ ކަރެކްޝަން އޮފިސަރެއް ނޫން، ދޮޅު އަހަރުކުރީން ވަނީ ކަނޑާލާފައި
21 Oct 2026 ހަބަރު

ބަނގުރަލާއެކު ހައްޔަރުކުރީ ކަރެކްޝަން އޮފިސަރެއް ނޫން، ދޮޅު އަހަރުކުރީން ވަނީ ކަނޑާލާފައި

އޭނާ ވަކިކުރީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމީ އުންމަތަށް ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކޮށް ޕާކިސްތާނުން ރައީސަށް ޝަރަފުވެރި ޕީއެޗްޑީއެއް
21 Oct 2026 ހަބަރު

އިސްލާމީ އުންމަތަށް ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކޮށް ޕާކިސްތާނުން ރައީސަށް ޝަރަފުވެރި ޕީއެޗްޑީއެއް

އެ ދުވަހު ޝަރަފުވެރި ޕީއެޗްޑީއެއް ލިބިވަޑައިގަންނަވާނެ ކަމަށް ހިތްޕުޅަށް އަރާވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.