މަލިކު ކައިރިން ހިފެހެއްޓި އަންބަރީ ދޯނި ދޫކޮށްލަނީ

07 Oct 2019 | 14:21

އިންޑިޔާގެ ރަށެއްކަމުގައިވާ މަލިކުއާއި ކައިރީގައި އޮއްވާ އިންޑިޔާގެ ކޯސްޓްގާޑުން ހިފެހެއްޓި އަންބަރީ ދޯނި ދޫކޮށްލުމަށް އެގައުމުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީޣޭ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، މިދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުން، މިއަދުގެ ވަގުތެއްގައި މި ދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާކަމަށެވެ.

އަދި އެކަން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދަށް ދާދި ދެންމެއަކު އަންގާފައިވާކަމަށް ވަނީ ބުނެފައެވެ.

"މި ފުރުސަތުގައި، އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަން ފާހަގަކޮށް، މިކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ"، މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement