ވެސްޓްޕާކް ސަަރަހައްދުގައި ހުރި ގާޑިޔާތައް ނަގަނީ

08 Oct 2019 | 13:03

މާލޭގެ މާފަންނު ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން އެކައުންސިލްގެ ފަަރާތުން ވަނީ ހުރިހާ ގާޑިޔާތަކަށް ފޮނުވި ނޯޓިހެއްގައި އާންމުކޮށްފައެވެ.

މި ނޯޓިސްގައި ބުނެފައިވަނީ ވެސްޓްޕާކް ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި ބެހެއްޓިފައި ހުރި ގާޑިޔާތައް މިހާރު ހުރި ސަރަހައްދަކީ ރަސްފަންނު ބީޗާއި ގުޅާލުމަށް މީގެ ކުރިންވެސް ނޯޓިސް ދެވިފައިވާ ތަނެއްކަމަށެވެ. އަދި މިހާރު މިތަންތަން ހިންގަމުންދަނީ އެއްވެސް އެއްބަސްވުމެއް ނެތި ކައުންސިލުން ދީފައިވާ ވަގުތީ ހުއްދައެއްގެ ދަށުންކަމަށް ވަނީ ބުނެފައެވެ.

މި ގާޑިޔާތަކަކީ ގިނައަދަދެއްގެ ރައްޔިތުން ޚިދުމަތްހޯދާ ތަންތަނަށްވުމުން އޮގަސްޓް މަހުގައި އެޗްޕީއޭއިން ކައުންސިލަށް ހުށައެޅި ރިޕޯޓުގައި އެތަންތަނުގެ ސާފުތާހިރުކަން ކުޑަކަމަށް ބުނެފައިވާކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު، ކައުންސިލްގެ މާރުކޭޓާއިބެހޭ ކޮމެޓީން ވެސްޓްޕާކް ސަަރަހައްދުގައި ހުރި ގާޑިޔާތައް ބަންދުކޮށް އެ ސަރަހައްދު ނެގުމަށް ވަނީ ނިންމާފައެވެ.

އެހެންކަމުން 10އޮކްޓޯބަރުގެ ނިޔަލަށް އެ ސަރަހައްދު ހުސްކޮށް ސާފުކުރުމަށް ވަނީ އެދިފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement