08 Oct 2019 | 23:44
ރައީސް ޔާމީންގެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން މާދަމާ އެކެއް ޖަހާއިރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގގެ ދައުވާގެ ޚުލާާސާ ބަޔާން އިއްވުން މާދަމާއަށް ތާވަލްކޮށްފިއެވެ.

މި މައްސަަލައިގެ ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރުފަހު 1 ޖަހާއިރު، ކްރިމިނަލް ކޯޓުގައެވެ. މި ޝަރީއަތުގެ މަޖިލިސް ޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.

މަނީ ލޯންޑްރިންގގެ މައްސަލައިގައި މިހާތަނަށް ދެފަރާތުންވެސް ވަނީ ޝަފައީ ހެއްކާާއި ކިތާބީ ހެކި ޝަރީއަތުގެ މަޖިލީހަށް ހުށައަޅާފައެވެ. އޭގެ ތެރެއިން ދެ ހެއްކަކު ވަނީ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނުމަށް އިންކާރުކޮށްފައެވެ.

އެއީ ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށައެޅި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައެޅުއްވި އެމްއެމްއޭގެ ކުރީގެ ގަވަރނަރ ޑރ.އަޒީމާ އާދަމެވެ. މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ހެކިބަހަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، ރައީސް ޔާމީނާއި ދެކޮޅަށް ދެއްވި ހެކިބަހެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި މިހާތަނަށް ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި ރައީސް ޔާމީންގެ ފަރާތުން ބުނެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރީ ވޮޑަމުއްލާގެ ފައިސާކަން އެނގޭނެ ކަށަވަރުގޮތެއް ނެތްކަމަށެވެ. ސަބަބަކީ އެ ފައިސާ ޖަމާކުރި ޗެކްތައް ފެންނަން ނެތުމާއި، ވޮޑަމުއްލާގެ ފައިސާ އެސްއޯއެފްއަށް ލިބުނު އިރުވެސް އެ ކުންފުނީގެ އެކައުންޓްގައި އެހެން ފައިސާތަކެއް ހުރުމެވެ.

އަދި އެސްއޯއެފްގެ ހުރިހާ މުއާމަލާތްތަަކަކީ ގޯސް މުއާމަލާތްތަކެއް ނޫންކަމަށް ސިވިލް ކޯޓުގެ ހުކުމަކުންވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.