ބިލްތައް ޑްރާފްޓްކުރުމުގެ މައްސަލަައިގައި ދެބަސްވުމަކަށް!

10 Oct 2019 | 11:58

ސަރުކާރުގެ މުހިންމު ވައުދުތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތައް ޑްރާފްޓްކުރާނެ ތަނަކާއި މެދު ދެބަސްވުންތަކެއް އުފެދިއްޖެއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުންނާއި އެމްޑީީޕީގެ ފަރާތުން ހުށައަޅަން ބޭނުންވާ ބިލްތަކަކީ ދާދި އެއްގޮތް ބިލްތަކެއްކަމަށް ފާހަަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މީގެ ފަހުން ބިލްތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރަމުންދާނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި މަސައްކަތް އެ ކޮމެޓީތަކުން ކުރާނީ ސަރުކާރުގެ އިދާާރާތަކާއި ވުޒާރާތަކުގެ އެހީގައިކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މިހެން އެބޭފުޅާ ވިދާޅުވުމާއި ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ފަދަ ބޭޭބޭފުޅުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ބިލްތައް ޑްރާފްޓްކުރުމުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ނުވާކަމަށެވެ. އަދި ރައީސް ޞާލިހު އެދިވަޑައިގެންނެވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކަމަށެވެ.

Advertisement

ކޮމެންޓް