09 Oct 2019 | 17:55
އީއީޒެޑް ފުށުއަރާ މައްސަލައިގައި މޮރިޝަސްއާއި ރާާއްޖެއިން ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް!

ދިވެހިރާއްޖެއިން ބޮޑުކުރަން އެދިފައިވާ އީއީޒެޑްގެ ސަރަހައްދާއި މޮރިޝަަސްގެ ކަނޑުގެ ސަރަހައްދާއި ފުށޫއަރާ މައްސަލަ ހައްލުކޮށްދިނުމަށް އެދި ބައިނަލްއަގްވާމީ ޓްރައިބިއުނަލަކަށް ހުށައަޅައިފިއެވެ.

މި މައްސަލަ ހުށައަޅާފައިވަނީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ނުވަތަ އިޓްލޮސްއަށެވެ.

އެ ޓްރައިބިއުނަލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ 24 ސެޕްޓެމްބަރުގައި މޮރިޝަސްއާއި ދިވެހިރާއްޖެއިން ދެގައުމުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާއި ގުޅޭ މައްސަލައެއް އިޓްލޮސްއަށް ހުށައެޅި ކަމަށެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް އެދިފައިވަނީ އިޓްލޮސްގެ އާޓިކަލް ފަނަރައިގެ ދެވަނަ ޕެެެރެގްރާފްގައިވާ ގޮތުގެ މަތިން ޚާއްސަ ޗެމްބަަރަކުން ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލަ ބެލުމަށްޓަކައި އެމަހުގެ 27ވަނަ ދުވަހު ޚާއްސަ ޗެމްބަރެއް އެކުލަވާލެވުނުކަމަށް ވަނީ ބުނެފައެވެ. އެ ޗެމްބަރގައި ހިމެނެނީ ރައީސްއަކަށް އިންނަވާނީ ދެކުނު ކޮރެޔާގެ ބޭފުޅެކެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ބާރނާޑް އޮކްސްމަންއެވެ.

މި މައްސަލައިގައި މޮރިޝަސްގެ ފަރާތުން ބައިވެރިވާ ފަރާތެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ޗާގޯސް އައިލޭންޑް ނުވަތަ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާއި ހަވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން މޮރިޝަސްއާއި އެއްކޮޅަށް ވޯޓުލާާފައި ނުވަނީވެސް، ދެގައުމުގެ ކަނޑުގެ ސަަރަހައްދުގެ މައްސަލަ ޖެހިފައިވުމުންނެވެ.

އޭރު ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ވޯޓަކީ ރާއްޖެއިން މޮރިޝަސް ނުވަތަ އެހެން ޤައުމަކާއި ދެކޮޅަށް، ނުވަތަ އެމެރިކާއާއި އިނގިރޭސިވިލާތާއި އެއްކޮޅަށް ދިން ވޯޓެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށް ދިން ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ޤާނޫނުންނާއި އަޅުގަނޑުމެންގެ ޤާނޫނުތަކުން ލިބިދޭ ސަރަހައްދުގެ އަޅުގަނޑުމެންނަށް ލިބޭކަން ކަށަވަރުކުރުމަށް ދިން ވޯޓެއް. އދގެ އާއްމު މަޖިލީހުގައިވެސް އަދި އެހެން ޕްލެޓްފޯމެއްގައިވެސް ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ސަރުކާރުން ވޯޓެއް ނުދޭނެ" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.