މި ސަރުކާރަށް ރާއްޖޭން ބޭރުން އެހީއެއް ނުހޯދޭ: ރައީސް ޔާމީން

11 Oct 2019 | 23:41

މި ސަރުކާރަށް ދިވެހިރާއްޖެއިން ބޭރުން އެއްވެސް އެހީއެއް ހޯދިފައިނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އަންނަނީ އަންނަނީ" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން 34 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ފެންފޮދަކާއި ނުލައި ދިރުވާލައިފި ކަމަށާއި އަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނި 65 ބިލިޔަން ރުފިޔާއަށް އަރާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ރާއްޖެއިން ބޭރުން އެއްވެސް މިންވަރަކަށް އެހީއެއް ހޯދިފައިނުވާއިރު، ގައުމުގެ ހާލަތުވެސް ބުނެދޭން ދަތިވެފައިވާ ކަމަށެވެ. 

މި ޖަލްސާގައި ރައީސް ޔާމީން ވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެޖެންޑާ 19އަކީ ދިވެހިންނަށް އުފުލޭނެ އެއްޗެއް ނޫންކަމަށެވެ. އަދި އެމްޑީޕީ އިން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެކަަމަށާއި އެޕާާޓީއަށް ކޮންމެ ކަމެއްގައިވެސް އޮންނަނީ އޮޅުވާލުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement