26 Oct 2019 | 23:14
ގަދަ5: ރައީސް ޞާލިހުގެ ތަފާތު މަންޒަރުތަކެއް

މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފެނިފައިވަނީ އާންމުންނާއި ވަރަށް އެކުވެރި ފަރާތެއްގެ ގޮތުގައެވެ. ކެމްޕެއިންގެ ކުރިންނާއި ހޮވިވަޑައިގަތް ފަހުންވެސް ރައީސް ޞާލިހު ސިފަވެވަޑައިގެންފައިވަނީ އާންމުންގެ ރައީސެއްގެ ގޮތުގައެވެ.

ދުނިޔޭގެ ކޮންމެ ލީޑަރަކުވެސް، އެފަރާތެއްގެ ޕަބްލިކް ރިލޭޝަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން މިސަރުކާާރު ފާހަގަކުރެވިފައިވަނީ މީސް މީޑިޔާގެ ވަސީލަތްތަކާއި ވަރަށް އެކުވެރި ވެރިޔެއް ހުރި ސަރުކާރެއްގެ ގޮތުގައެވެ. ޚުދު ރައީސް އަކީވެސް އަމިއްލަފުޅު އިންސްޓަގްރާމެއް ގެންގުޅުއްްވާ ފަރާާތެކެވެ.

މިއަދު މި ގެނެސްދެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންސްޓަގްރާމުން ވޮއިސްގެ ޓީމަށް ފާހަަގަކުރެވުނު، އެންމެ ތަފާތު ފަަސް ފޮަޓޯއެވެ.

5. ކްރިކެޓްގެ މައިދާނުގައި ރައީސް ޞާލިހު:

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެނެވަޑައިގަންނަވާ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމަނިކުފާނަކީ ސްކޫލް ދައުރުން ފެށިގެން ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވެލައްވާ ފަރާތެކެވެ. އެގޮތުން އެމަނިކުފާނަކީ މަޖީދިއްޔާގައި އުޅުއްވި ދުވަސްވަރު ވަރަށް މޮޅަށް ވޮލީއާއި ކްރިކެޓް ކުޅުއްްވި ބޭފުޅެއްކަމަށްވެއެވެ. އެގޮތުން މަތީގައިވާ ފޮޓޯއަކީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އިންޑިޔާގެ ޓީމަކާއި އެކު ކުޅެވުނު ރަހުމަތްތެރިކަމުގެ މެޗެއްގައި ދަނޑުމަތީގައި ހުންނެވި ތަނެވެ.


4. ފޮރިން މިނިސްޓްރީގައި ނެގުނު ޚާއްސަ ފޮޓޯ:

މިއަހަރުގެ ޖޫން މަހުގެ 19 ދުވަހު ނެގިފައިވާ މި ފޮޓޯއަކީ ސަފީރުންގެ އަހަރީ ބައްދަލުވުން އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮރިން މިނިސްޓްރީއަށް ވަޑައިގެންވިއިރު ނެގުނު ފޮޓޯއެކެވެ. ފުރަތަމަ ފްލޯގައި ހުންނަވައިގެން އެމަނިކުފާނު ހިނިފުުޅުވެލައްވައިގެން ތިރިއަށް ބަލަން ހުންނެވިއިރު، ތިރީގައި އިނގިރޭސީންެގެ ހިމާޔަތުން ދިވެހިރާއްެޖެ މިނިވަންވި އެއްބަސްވުމުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއިކުރައްވަން އިންނެވި ފޮޓޯ އެބައިނެވެ.


3. މަތިންދާބޯޓުގެ ފަސިންޖަރުންނާާއި ވާހަކަފުޅު ދެއްކެވުން:

މިއަހަރުގެ ޖެނުއަރީ މަހުގެ 28ވަނަ ދުވަހު ރައީސް އޮފީހުގެ އިންސްޓަގްރާމް އެކައުންޓަށް ލެވުނު މި ފޮޓޯއަކީ މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި އެމަނިކުފާނާއި ސަރުކާރުގެ ވަފުދެއް ލާމު އަތޮޅަށް ދަނިކޮށް ނެގި ފޮޓޯއެކެވެ. މި ފޮޓޯގައި އެމަނިކުފާނު އާންމު ޕްރޮޓޮކޯލް ދޫކުރައްވައި، މަތިންދާބޯޓުގެ އެހެނިހެން ފަސިންޖަރުންގެ ގާތަށް ވަޑައިގެން ވާހަކަފުޅު ދައްކަވަން ހުންނަވައެވެ. 


2. މަގުމަތިން ދިޔަ އާއިލާއަކާއި ބައްދަލުކުރެއްވުން:

މިިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4ވަނަ ދުވަހު ނެގުނު މި ފޮޓޯއަކީ ހަވީރުގެ ވަގުުތުކޮޅުގައި މަސައްކަތް ނިންމަވާލެއްވުމަށްފަހު، ގެއަށް ވަޑައިގެންނެވި މަގުމަތީގައި ނެގުނު ފޮޓޯއެކެވެ. އެގޮތުން ރައީސް ޞާލިހުއާއި މުލީއާގެ ދޮރުމަތިން ބައްދަލުވި އާއިލާއަކާއި ސަލާންކުރައްވައި ވާހަކަފުޅު ދައްކަވައެވެ. މިއީ އާންމުގޮތެއްގައި ހުކުރު ނިންމަވާލެއްވުމަށްފަހު އެނބުރި މުލީއާގެއަށް ވަޑައިގަންނަވަމުންވެސް އެމަނިކުފާާނު ކުރައްވާ ކަމެއްކަމަށް ވެެއެވެ.


1. ސެލްފީ ރައީސްގެ ސެލްފީއެއް:

އިދިކޮޅު ގިނަ ސިޔާސީ ފަރާތްތަކުން ބުނާގޮތުގައި ރައީސް ޞާލިހަށް ކުރައްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ސަރުކާރު ހިންގުމުގެ ބަދަލުގައި ސެލްފީ ނެންގެވުމެވެ. އެގޮތުން އެންމެ ފަހުން އަޅުގަނޑުމެންގެ ޓީމަށް ފާހަގަކުރެވުނު ފޮޓޯއަކީ ރައީސް ޞާލިހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ނެގުނު ސެލްފީއެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު ލާފައިވާ މި ފޮޓޯއަކީ އެމަނިކުފާނުގެ ވަފުދާއި އެކު އާދިއްލީން އާގަރާއަށް ވަޑައިގެންނެވިިއިރު ނެގި ސެލްފީއެކެވެ.


މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންސްޓަގްރާމުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު 5 ފޮޓޯއެވެ. ބައެއް ފަރާތްތަކަށް މިއީ ހަމަ ރައީސް ޞާލިހުގެ ޕީއާރު ސްޓަންޓްތަކަކަށްވެސް ވެދާނެއެވެ. އަނެއްފަރާތްތަކަށް މިއީ ހަމަ އެމަނިކުފާނުގެ ސާދާ ދިރިއުޅުއްވުންކަމަށްވެސް ވެދާނެއެވެ. ގޮތް ނިންމަވާނީ ތިޔަބޭފުޅުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.