Advertisement

ހުވާކުރާނެ ދުވަހެއް ނިންމަންވެސް ސުޕްރީމް ކޯޓަށް

28 Oct 2018 | 15:38

ދިގު މުއްދަތަކަށް މެދުކެޑުމަށްފަހު ރައްޔިތުން މަޖިލީސް މިއަދު ފެށުންއިރު އެޖެންޑާގައި ފުރަތަމަ އޮތް މައްސަލަކަމަށްވާ އިންތިހާބީ ރައީސް ހުވާކުރައްވާ ދުވަހެއް ކަޑައެޅުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޕީޕީއެމް ބައެއް މެންބަރުން މިމައްސަލައިގައި  ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާ މެެންބަރު އަބްދުއްރަހީމް އަބްދުﷲ އެ މައްސަލާގައި އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅުއްވަމުން ވިދާޅުވީ ގާނޫނު އަސާސީ ގައި އިންތިހާބީ ރައީސް އިބޫއަށް 11 ނޮވެމްބަރުގައި ހުވާކުރުމަށް ތަން ނުދޭ ކަމަށެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅަށް ބާރުދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އުވިގެން ގޮސްފައިވާ ބާބަކާއި، އުވިފައިވާ މައްދާއަކަށް ރިޔާއަތްކޮށް، ހުވާ ކުރައްވާނެ ޖާގައެއް ނެތްކަމަށެވެ. އަދި އިންތިހާބީ ރައީސް އިބޫ ގާނޫނު އަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމުގައެވެ.

އަދި އިންތިހާބީ ރައީސް އިބޫ ޤާނޫނު އަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމަށް އުންމީދު ކުރައްވާކަމުގައެވެ. 

އިސްތިޝާރީ ލަފައަކަށް އެދުމަކީ ކުރަން ޖެހޭ ކަމެއްކަމަށްް ޕީޕީއެމް މެންބަރުން ފިޔަވައި ދެން ވިދާޅުވީ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުއެވެ.

ވާހަކަފުޅު ދެއްކެވި ގިނަ ޕީޕީއެމް މެންބަރުން މިމައްސަލަގައި އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ގޮވާލެއްވި ނަމަވެސް ވިލުފުށީ ދާއިރާ މެންބަރު ރިޔާޒު ރިޝީދު ވިދާޅުވެފައިވަނީ މިއީ އިޝްތިހާރީ މައްސަލައެއް ނޫންކަމަށެވެ. އަދި ޤާނޫން އަސާސީ ވަރަށް ސާފުކޮއް ބަޔާން ކުރައްވާ ފައިވަނީ 11 ނޮވެމްބަރ ގައި ހުވާކުރެވެން ޖެހޭނެކަމަށެވެ. 

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަދި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމު ހުވާ ކުރައްވާނެ ދުވަހަކާ މެދު ވަކި ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުންނެވެ.

Advertisement

ކޮމެންޓް