12 Nov 2019 | 14:32
ބަޖެޓު2020: ރ ވާދޫ ތަރައްޤީގެ މަސްރޫއުތަކަށް 10 މިލިއަން ރުފިޔާ!

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްސް ގޮތުގައި ރ. ވާދޫ އަށް 10.8 މިލިއަން ރުފިޔާ ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިއްޔެ މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ޕީއެސްއައިޕީގެ ދަށުން ރ އަތޮޅުގެ ރަށްތަކުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު ވާދޫ 5 މަސްރޫއެއް ހިންގަން ރާވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނެނީ

ރ.ވާދޫ ސްކޫލް 2 ބުރި އިމާރާތް

ރ.ވާދޫ ސިއްހީ މަރުކަޒުގައި ސްޓޯރ، ގަރާޖް އަދި ލޯންޑްރީ ހެދުން

ރ.ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުން

ރ.ވާދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން (ހިގަމުންދާ)

ރ.ވާދޫގައި މިސްކިތް އިމާރާތްކުރުން

37.5 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ