14 Nov 2019 | 11:22
އުއްތަމަ ފަނޑިޔާރަކީ ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން: ޑރ. ޖަމީލު

އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މައްސަލައިގައި ޑރ. ޖަމީލު ވަނީ މީގެކުރިންވެސް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީން ވެރިކަމަށް އައިސް ޖުޑިޝަރީ ސިޔާސީ ކޮށް، އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވައި ޖަމީލު ވނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އުއްތަމަ ފަނޑިޔަރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުން ވުމުން ނަގައި އެއްލައި ލެވޭ މަގާމެއް ނޫން ކަށެވެ.

އަދި އެއީ ޣައުރު ދުސްތޫރީ މައްސަލައެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. 

"މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ޤާނޫނުއަޞާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯސް. އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫން. ތިޔައީ މުޅިން ޣައިރު ދުސްތޫރީ ޢަމަލެއް. ތިޔަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ" ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ އާއި ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.

ޖޭއެސްސީން އެގޮތަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުމުން މަޖިލީހުން މިހާރުވަނީ ދެ ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ