N/A
N/A
ހަބަރު 18 Nov 2019 | 15:03

ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން ނޫޅެން: އަދީބު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން މަސައްކަތްކޮށްފައިނުވާނެކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް މަރުތަކާއި ބެހޭ ކޮމިޝަންގެ ތަހުގީގަށް ދެއްވި ބަޔާނަށް ރައްދުދެއްވައި، އާއިލާ މެދުވެރިކޮށް ނެރުއްވި ނޫސްބަޔާނެއްގައެވެ.

އަދީބު ވިދާޅުވީ ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާނެއްކަަމަށާއި އެބަޔާންތަކުގައި އަދީބްގެ ނަން ބޭނުން ކޮށްގެން ދައްކާފައި ވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"އަހުމަދު އަދީބަކީ ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫނެވެ"، ބަޔާނުގައިވެއެވެ.

އަދި މީގެ އިތުރުން ރާއްޖެ ޓީވީ އާއި ބެހޭ ގޮތުން އެސްއެމްއެސްއެއް ފޮނުވި ވާހަކަ އަކީ ވެސް ދޮގު ވާހަކައެއްކަމަށް ވަނީ ބުނެފައެވެ. ނާޒިމްގެ މިބަޔާނަކީ އަދީބާއި މެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމުގައި އާއިލާއިން ދެކޭކަމަށް ވަނީ ބުނެފައެވެ.

އެ އާއިލާާއިން ބުނިގޮތުގައި ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ އަހުމަދު ނާޒިމް އާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަދީބްގެ ބޮލުގައި ޑރ އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުން އަޅުވަމުން ދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއް ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަހްމަދު އަދީބްގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"
18 Oct 2026 ހަބަރު

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު
18 Oct 2026 ހަބަރު

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ އިތުރު ޓެކްސްތަކެއް ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ
18 Oct 2026 ހަބަރު

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
18 Oct 2026 ހަބަރު

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟

އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
18 Oct 2026 ހަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށް، ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި
18 Oct 2026 ހަބަރު

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި

ހައުސިން މިނިސްޓްރީން މިއަދު ވަނީ ބީއެމްއެލް އާއި އެމްއައިބީ އާއި އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.