19 Nov 2019 | 15:40
ރިޕޯޓުގައި އަފްރާޝީމުގެ މަރުގެ ތުހުމަތު ޝަހީމުގެ މައްޗަށް ކޮށްފައެއް ނެތް: އުމަރު

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމުގެ މަރުގެ ތުހުމަތު ޝަހީމުގެ މައްޗަށް ކޮށްފައި ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ އަފްރާޝީމުގެ މަރާއި ގުޅޭ ގޮތުން މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ މައްޗަށް ތުހުމަތުކޮށްފައިވާކަމަށް ވިދަޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. 

އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުކޮމިޝަނުން ނެރުނު 121 ސޮފްހާގެ ރިޕޯޓް އެއްކޮށް އޭނާ ވިދާޅުވިއިރު، ރިޕޯޓުގެ އެއްވެސް ބައެއްގައި ޑރ. ޝަހީމާ މެދު މަރާގުޅުންހުރި ތުހުމަތެއްކޮށްފައި ނުވާކަމަށެވެ. ހަމައެކަނި ތުހުމަތަކީ ދޮގު މައުލޫމާތެއް ދެއްވިކަމުގެ ތުހުމަތު ކަމަށާއި އެމައުލޫމާތަކީ ދޮގެއް ކަމަށްވިޔަސް އަދި ތެދެއްކަމަށް ވިޔަސް އެކަމަކީ މަރަށް އެއްވެސް އަސަރެއް ފޯރާނެ ކަމެއް ނޫންކަން ރިޕޯޓުން އެނގޭ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިޕޯޓު އެއްކޮށް ވިދާޅުވުމުން އެނގުނީ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޝަހީމު އަމަލުކުރައްވާފައިވަނީ އިލްމުވެރިންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމެއް ނައްތައިލައި ހުރިހާ އިލްމުވެރިން އެކުވެރިކުރެއްވުމަށް ކަން ހާމަވާ ކަމަށެވެ. 

އެކަމަށް ޝަހީމަށް ޝުކުރު އަދާކުރައްވައި އުމަރު ވިދާޅުވީ، ކަންމިހެން އޮއްވައި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޅި ރިޕޯޓްގެ 121 ސަފުހާ އެއްކޮށް ވިދާޅުވުމެއް ނެތި ޑރ. ޝަހީމް ބަދުނާމުކޮށް ވާހަކަ ދެއްކެވީތީ ހިތާމަ ކުރާ ކަމަށެވެ.

އުމަރު ވިދާޅުވީ، އެއްވެސް ރިޕޯޓަކާއި މެދު އެއްވެސް ވާހަކައެއް، އެއްވެސް ބޭފުޅަކު ވިދާޅުވުމުގެ ކުރިން މުޅި ރިޕޯޓް ކިޔުއްވައި ދިރާސާ ކުރެއްވުމަށްފަހު މެނުވީ އެފަދަ  ވާހަކައެއް ދެއްކެވުމީ އެއްވެސް ބޭފުޅަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް