02 Dec 2019 | 21:38
ރީތި މަންޒަރެއް: ސައިކަލެއްގެ ބޯޑު ތަޅައިގެން ދިޔުމުން ޒިންމާ ނަގައިފި

ކުށެއް ކުރެވޭ ހާލަތުގައި އެކުށުގެ ޒިންމާ ނެގުމަކީ އިންސާނުންގެ ތެރެއިން މަދުބަޔަކަށް މެނުވީ ލިބިފައިނުވާ ސިފައެކެވެ. މިޒަމާނުގައި ވަކިން ޚާއްސަކޮށް މި ސިފަ މަދުވެފައި ވީނަމަވެސް، އެ ސިފަ ތިބި މަދު ފަރާތްތަކެއް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އުޅޭކަމީ އުފަލާއި އެކު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މިފަދަ އެއް މިސާލު މިވަނީ މިއަދު ފެނިގެންގޮސްފައެވެ. އަދާރަން މޯލްޑިވްސްގެ އެއާޕޯޓްސް އޮޕަރޭޝަން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާ  ފަރާތުންނެވެ.

އޭނާގެ ސައިކަލު ނެރެން އުޅުނު ވަގުތުގައި، އޭނާގެ ސައިކަލުން ވަނީ އެހެން ސައިކަލެއްގައި ޖެހި، އެ ސައިކަލުގެ ނަންބަރު ބޯޑު ބިންދައިގެން ގޮސްފައެވެ. މި ސައިކަލުގެ ވެރިޔާ ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި އެގޮތަށް ދިމާވުމުން އޭނާ ވަނީ ނޯޓެއް ހަރުކުރުމަށްފަހު، ގުޅޭނެގޮތް ހަަދައިދިނުމަށް ބިޒްނަސް ކާޑު ހިމަނާފައެވެ.

އަދި އެ ސައިކަލުގެ ވެރިޔާ ރަމީޒަށް ގުޅުމުން އޭނާ ވަނީ ވީގޮތް ކިޔައިދީ، އެ ނަންބޯޑު ބަދަލުކުރުމަށް ހިނގާނެ ޚަރަދު ދޭނެކަމަށްވެސް ބުނެފައެވެ.

މިއީ މަދުން ނޫނީ ދިވެހި މުޖުތަމައުއިން ނުފެންނަ ފަދަ ސިފައެކެވެ. އަމިއްލަ ކުށަށް އެއްބަސްވެ، އެކަމުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމެވެ. އެންމެންވެސް ވީ ރަމީޒު ފަދައިން ކުދިކުދި ކަންކަމުގައިވެސް އަނެކާއަށް ގެއްލުންދެވޭނަަމަ ޒިންމާ އުފުލާށެވެ. އޯގާތެރި މުޖުތަމައުއެއް ބިނާކުރެވޭނީ މިފަދައިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.