31 Oct 2018 | 09:13
ރައީސް ނަޝީދުގެ ހުކުމް ތަންފީޒް ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ސުޕްރީމް ކޯޓު މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ އެކޯޓުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އެ ކޯޓުން ރިވިއު ކުރަމުން އަންނާތީ، އެ މައްސަލައިގައި ވަކި ގޮތެއް އެކޯޓުން ކަނޑައަޅައި ނިމެންދެން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަރެކްޝަންސް އާއި ފުލުހުން އަދި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ ޕީޖީ އޮފީހުގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާތީ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

ނަޝީދު އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވަނީ އެ ގައުމުގެ އިތުރުން ސްރީ ލަންކާގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
މާލޭ ދެކުނު ފަރާތު ފަޅުން ނިކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ
ލޯންޗު އުރިފައިވަނީ، އުދަ އެރިވަގުތު ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އެވަގުތު ލޯންޗުގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ.
26 Jul 2026
ނަތަންޔާހޫ އެމެރިކާ ދަތުރާ ގުޅިގެން އީރާނުގެ އިންޒާރެއް
ނަތަންޔާހޫ ވޮޝިންޓަނަށް މާދަމާ ދާއިރު، މި ދަތުރާ ގުޅިގެން މަޝްރަހް ވަނީ އިތުރަށް ގޯސްވެފައެވެ. މި ދަތުރުގެ މައިގަނޑު ވާހަކައަކީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެވެ
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
26 Jul 2026
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް ސީނާ ބިލްޑިންގަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް ފަށާފައިވާއިރު، ކިއުގައި މަޑުނުކޮށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ބަލައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
26 Jul 2026
ދެތިން މަސްތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް
ރައީސް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ރައްޔޮތުން ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތުގެ ސަބަބުން ބޭސް ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.
26 Jul 2026
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް
މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.
26 Jul 2026
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި އޮތީ ޕްރޯ އިސްރާއީލް ޕޮލިސީއެއް: ރައީސް
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބޭއްވި ކަމަށާ އޭރު ރާއްޖޭގައި އޮތީ ޕްރީ އިސްރާއީލް ޕޮލިސީއެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.