07 Dec 2019 | 20:49
އެންމެފަހުން ކޯޗު ސެގާޓް މަގާމުން ވަކިކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުކަމުގައިވާ ޕީޓަރ ސެގާޓް މަގާމުން ވަކިކުރުމަށް ނިންމައިފިއެވެ.

މިކަން ވަނީ އެފްއޭއެމްގެ ކޯޗު ބައްސާމް އަދީލް ޖަލީލް ކަށަވަރުކޮށްދީފައެވެ.

ޓްވިިޓަރ މެދުވެރިކޮށް މިކަން އިއުލާންކުރަމުން ބައްސާމް ބުނީ ސެގާޓްއާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު، ދެފަރާތުން އެއްބަސްވެގެން، ކޯޗާއި އެފްއޭއެމްއާއި ދެމެދު ވެފައިވާ އެއްބަަސްވުން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ބައްސާމް ވަނީ ފުޓްބޯޅައިގެ އާއިލާގެ ފަރާތުން ސެގާޓްގެ ޚިދުމަތަށް ޝުކުރު އަދާކޮށް، އޭނާއަށް ބާއްޖަވެރި މުސްތަގްބަލަކަށް އެދޭކަމަށް ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭނާގެ ކޯޗްކަމުގެ ދަށުން ދިވެހިރާއްޖެއިން ވަނީ 2018ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހާސިލްކޮށްފައެވެ.

ސެގާޓް މި މަގާމުން ވަކިކޮށްފައިވަނީ ދާދިފަހުން އެ ޓީމުން ނެރެމުންއައި ދަށް ނަތީޖާތަކާއި އެކު އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސާފް ގޭމްސްގެ އެއްވެސް މެޗަކުން ދިވެހިރާއްޖެ މޮޅުވެފައި ނުވާއިރު، ރާއްޖޭގެ އެއް ނަންބަރު ފޯވާޑްކަމުގައިވާ އަލީ އަޝްފާގު ޓީމަށް ނޭރުވި މައްސަލައިގައި ސެގާޓަށް ގިނަ ބަޔެއްގެ ނުރުހުމާއި ކުރިމަތިވިއެވެ.

އަޝްފާގަށް ގައުމީ ޓީމުން ފުރުސަތު ދީފައި ނުވަނީ މިދިޔަ އަހަރުގެ ބޫޓާނާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށްބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.
16 Sep 2026
ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އާއި ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހު ކޮށްފި އެވެ.
16 Sep 2026
ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި
މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.
16 Sep 2026
އީއެން ހޭންޑްބޯލް ޓީމު ބަލިކޮށް، އެންޖީ ސްޓާޓިންނަށް މުހިންމު މޮޅެއް
މި މެޗު އެންޖީ ސްޓާޓިން އިން ކާމިޔާބުކުރީ 3-9 ގެ ނަތީޖާއަކުން